ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 12:52
އެލައިޑް އިންޝިއުރެންސްގެ އޮފީސް
އެލައިޑް އިންޝިއުރެންސްގެ އޮފީސް
އެލައިޑް އިންޝުއަރެންސް
އެލައިޑް އިންޝިއުރެންސް އޮފީސް
ޖުލައި 5 ވަނަ ދުވަހުން ފެށިގެން އެލައިޑުގެ އޮފީހުން ޙިދުމަތް ލިބޭނެ
 
ކޮވިޑް-19 މި ހާލަތުގައި ކުރިން ހިދުމަތް ދެމުން ގޮސްފައިވަނީ އޮންލައިންކޮށް
 
އެލައިޑުގެ ހިދުމަތްތަކާއި ބެހޭ މައުލޫމާތު 1600 ނަންބަރަށް ގުޅުމުން ލިބޭނެ
 
އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 9 އަކުން މެންދުރުފަހު 2 އަކަށް

ޖުލައި 5 ވަނަ ދުވަހުން އިންޝުއަރެންސްގެ އޮފީސް ހުޅުވައި އެ އޮފީހުން ޙިދުމަތް ލިބޭނެ ކަމަށް އެލައިޑުން ބުނެފިއެވެ.

އެލައިޑުން ބުނީ އެ ކުންފުނީގެ ހެޑްއޮފީހާއި ފްރަންޓް އޮފީސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ހުޅުވައި ޙިދުމަތް ލިބެން ހުންނާނެ ކަމަށާއި އޮފީސް ހުޅުވާފައި ހުންނާނީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އަކުން މެންދުރުފަހު 2 އަކަށް ކަމަށެވެ.

ކޯވިޑް19 އާއި ގުޅިގެން އެލައިޑްގެ ޙިދުމަތްތައް ދެމުން ގެންގޮސްފައިވަނީ އެ ކުންފުނީގެ ހިދުމަތްތައްވެބްސައިޓްއަދި އީމެއިލް މެދުވެރިކޮށެވެ.

އެލައިޑުގެ ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

އެލައިޑުން ވަނީ އެ ކުންފުނީގެގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ޚިދުމަތްތަކަށް ދާދި ފަހުން ބަދަލުތަކެއް ގެނެސްފައެވެ.

0%
0%
0%
0%
0%
0%
ކޮމެންޓް