ކ. މާލެ
|
3 ޖުލައި 2020 | ހުކުރު 08:11
ބޮޑުފިނޮޅުގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގުން
ރަހީނުކޮށްފައިވާ 12 ދިވެހިން ސަލާމަތްކޮށްފި
 
ބިދޭސީން ހަމަނުޖެހުން ހިންގަން ފަށާފައިވަނީ މުސާރަނުދީ ގިނަ މަސްތަކެއްވުމުން
 
ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނޭ

ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާ ބ. ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުމުގެ ތެރެއިން ރަހީނުކޮށްފައިވާ ދިވެހިން ސަލާމަތްކޮށްފިއެވެ.

ފުލުހުން ބުނީ ރަހީނުކޮށްފައިވަނީ 12 ދިވެހިން ކަމަށާއި ހުރިހާ ދިވެހިންވެސް ސަލާމަތް ކޮށްފައިވާ ކަމަށެވެ. އަދި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކެއް ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގަން ފަށާފައިވަނީ އެފަރާތްތަކަށް ދޭންޖެހޭ މުސާރަ ނުދީ ގިނަ ދުވަސްވުމާއި ގުޅިގެންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބުރާސްފަތި ދުވަހުގެރޭ އިރާކޮޅު ފުލުހުންގެ ޓީމެއް އެރަށަށް ގޮސްފައިވެއެވެ. ނަމަވެސް، އެ ބިދޭސީންތައް ހަމަނުޖެހުން އުފައްދައި، ފުލުހުން ރަށަށް އެރިޔަ ނުދީ ހިފަހައްޓާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެކަމުގެ ސަބަބުން އިތުރު ފުލުހުންގެ ޓީމުތަކެއް ބުރާސްފަތި ދުވަހުގެ ރޭ ފަތިހު ވަނީ ބޮޑުފިނޮޅަށް ގޮސްފައެވެ.

އަދި އެރަށުގައި މިހާރުވެސް ފުލުހުންގެ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
40%
60%
0%
0%
0%
0%
ކޮމެންޓް