ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 18:52
ނޯރާ ފަތޭހީ
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ނޯރާ ފަތޭހީގެ އިސްތަށިގަނޑުގެ އަގަކީ 2.5 ލައްކަ ރުޕީސް!
 
އިސްތަށިގަނޑު ތައްޔާރު ކޮށްފައިވަނީ 500 ގުރާމް އަސްލު އިސްތަށި ބޭނުންކޮށްގެން
 
ނޯރާގެ ހެއަރ ސްޓައިލް ކޮށްފައިވަނީ "ގަރްމީ" އަށް

ބޮލީވުޑްގެ މަގުބޫލު ނެށުންތެރިޔާ ނޯރާ ފަތޭހީގެ އިސްތަށިގަނޑު ސްޓައިލް ކުރުމަށް 2.5 ލައްކަ އިންޑިއަން ރުޕީސް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

"ސްޓްރީޓް ޑާންސަރ 3ޑީ" ގައި ހިމެނޭ ލަވައެއް ކަމަށްވާ "ގަރްމީ" އަށް އޭނާގެ ސްޓައިލިސްޓް މާރސެލޯ ވަނީ ކަސްޓަމަރުންގެ ރިކުއެސްޓަށް "ޕޮނިޓެއިލް" ސްޓައިލްގެ އިސްތަށިގަނޑު ތައްޔާރުކޮށްދޭ މީހެއްގެ އެހީއާއެކު އެ ޕޮނިޓެއިލް ތައްޔާރު ކޮށްފައެވެ.

އެގޮތުން ޕޮނިޓެއިލް ސްޓައިލްގެ އިސްތަށިގަނޑު ތައްޔާރު ކޮށްފައިވަނީ ގާތްގަނޑަކަށް ބައި ކިލޯގްރާމް (500 ގްރާމް) އަސްލު އިސްތަށި ބޭނުންކޮށްގެން ކަމަށް ބޮލީވްޑުގެ ރިޕޯޓުތައް ބުނެއެވެ.

ނޯރާއާ ހަވާލާދީ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުން މި ސްޓައިލަކީ ބަތަލާ ޝްރައްދާ ކަޕޫރާއެކު އަންނަ "ފޭސް-އޮފް ބެޓެލް" ގައި ވާދަކުރާއިރު، އެންމެ ގުޅޭނެ ސްޓައިލެވެ. އެހެން ނަމަވެސް ލަވައިގެ މަންޒަރުތައް ނެގިއިރު، ޕޮނިޓެއިލްގެ ވަރުގަދަކަމާއި ބަރު ކަމުން ބައެއް ފަހަރު އުނދަގޫވާ ކަމަށް ވެސް ނޯރާ ބުނެފައިވެއެވެ.

ނޯރާ ކުޅެފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދިލްބަރު"، "ސާކީ ސާކީ" އަދި އެކް ތޮ ކަމް ޒިންދަގާނީ" ގެ އިތުުރުންވެސް ގިނަ ލަވަތައް ހިމެނެއެވެ.

ނޯރާގެ "ދިލްބަރު" މި ލަވައަށް ވަނީ ލަވަ ރިލީޒްކުރިތާ 24 ގަޑިއިރު ތެރޭގައި 20 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
33%
67%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ