ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 12:54
ޖޭއެސްސީގެ ބައެއް މެމްބަރުން، ހިމެނޭގޮތަށް އެކުލަވާލި ތަހުގީގު ކޮމެޓީއެއްގެ ބައްދަލުވުމެއްގެ ތެރެއިން: ފަނޑިޔާރުން ސުލޫކީ ގިނަ މައްސަލަތަކެއް އެކޮމިޝަނުން މިހާރުވެސް ބަލަމުންދޭ
ޖޭއެސްސީގެ ބައެއް މެމްބަރުން، ހިމެނޭގޮތަށް އެކުލަވާލި ތަހުގީގު ކޮމެޓީއެއްގެ ބައްދަލުވުމެއްގެ ތެރެއިން: ފަނޑިޔާރުން ސުލޫކީ ގިނަ މައްސަލަތަކެއް އެކޮމިޝަނުން މިހާރުވެސް ބަލަމުންދޭ
ޝުއައިބް މުހައްމަދު އިގްބާލް
ޖޭއެސްސީގެ ނިންމުން
ދަރަވަންދޫ ކޯޓުގެ ގާޒީގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް ކޮމެޓީއެއް
 
ދަރަވަންދޫ ކޯޓުގެ މެޖިސްޓްރޭޓް ލަތީފަށް ކުރެވޭ ތުހުމަތު: ތަނާޒުލް ވާންޖެހޭ ކަމެއްގައި ތަނާޒުލް ނުވުން
 
އުކުޅަހު ކޯޓުގެ މެޖިސްޓްރޭޓް މުއާވިޔަތަށް ކުރެވޭ ތުހުމަތު: އެކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާއެކު މުއާމަލާތްތަކެއް ހިންގުން

އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތަށް ނަސޭހަތް ދިނުމާއި، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ބެލުމަށް ތަހުގީގު ކޮމެޓީއެއް އެކުލަވާލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އުކުޅަހު ކޯޓުގެ އިސްމެޖިސްޓްރޭޓް މުއާވިޔަތުގެ މައްސަލާގައި ޖޭއެސްސީން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލައެއް ހުށަހެޅި ފަރާތަކާ، އެ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ބައްދަލުކޮށް ހަދާފައިވުމާއި، އަދި ވައިބަރ މެދުވެރިކޮށް ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ވާހަކަދެކެވިފައިވާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ބަލައިގަތުމާއި މައްސަލަ ކުރިއަށް ގެންދިއުމުގައި، މައްސަލަ ހުށަހެޅި ފަރާތަށް މުއާވިޔަތުގެ ފަރާތުން މައުލޫމާތުތަކެއް ފޯރުކޮށްދީފައިވާކަން އެ ކޮމިޝަނުން ހިންގި ތަހުގީގަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން މުއާވިޔަތު ފަނޑިޔާރުކަމުގެ މި އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގެ 5، 6، އަދި 9 ވަނަ ނަމްބަރާއި، ފަނޑިޔާރުންގެ ސްލޫކީ މިންގަނޑުގެ 2.2، 4.4، 1.8، 3.1، 3.2 ވަނަ ނަމްބަރާ ހިލާފް އަމަލަކަށް ވާތީ، ޖުޑީޝަލް ސަރވިސް ގާނޫނުގެ 1-32 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަމްބަރުގެ ދަށުން، އަހުމަދު މުއާވިޔަތު ގާސިމަށް ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް، ޖޭއެސްސީ ވަނީ ނިންމާފައެވެ.

ދަރަވަންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްސަލާގައި ޖޭއެސްސީން ބުނެފައިވަނީ، ދަރަވަންދޫ ކޯޓަށް ހުށަހެޅުނު، އެކޯޓުގެ އިސްމެޖިސްޓްރޭޓް އަހުމަދު ލަތީފް ތަނާޒުލް ވާންޖެހޭ ކަމެއްގައި، އެކަމުން ތަނާޒުލް ނުވެ، ކުރިއަށް ގެންދިޔަކަމުގެ މައްސަލައެއް ހުށަހެޅިފައިވާތީ، އެމައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީއެއް ޖޭއެސްސީން އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލުމާއެކު، ޖޭއެސްސީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޖުޑީޝަރީ އިސްލާހު ކުރުމުގެ މަސައްކަތް ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހާއެކު ޖޭއެސްސީން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މިއީ ފަނޑިޔާރުގެ ނުފޫޒު ފޯރުވުން ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާއިރު، މި ސަރުކާރު ވެރިކަމަށް އައީ ފަނޑިޔާރުގެތައް އިސްލާހުކުރާނެ ކަމުގެ ވައުދާ އެކުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
50%
50%
0%
0%
0%
0%
ކޮމެންޓް
2 ޖުލައި 2020 | ބުރާސްފަތި 18:49
ހ މ ޒ
ސާނުއައް ކެޕޭނު ކޮއްދިނުމުގަ ސުއޫދުއާ ޕީޖީސަމީމް ވެސްބައި ވެރިވި ކޮންދުވަހަކުން ދެންމިމީހުން ވަކިކުރާނީ؟