ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 12:29
މާވަރުލު އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެން
މާވަރުލު އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެން
އެމްޓީސީސީ
ގދ. މާވަރުލުގައި ތަރައްގީކުރާ އެއާޕޯޓް
މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިމުމަކަށް
 
މި ވެރިކަމުގައި އެއާޕޯޓް ނިންމަވާނެ ކަމަށް ރައީސް ސޯލިހު ވަނީ ކެމްޕޭން ތެރޭ ވިދާޅުވެފައި
 
ސަރުކާރުން ވަނީ 57.04 މިލިއަން ރުފިޔާ ހަރަދުކޮށްފައި
 
ތަރައްގީކޮށްފައިވަނީ ދެ ފޭސްއަކަށް ބަހާލައިގެން

ގދ. މާވަރުލުގައި ތަރައްގީކުރި މާވަރުލު ޑޮމެސްޓިކް އެއާޕޯޓްގެ ހުރިހާ މަސައްކަތް ނިންމާލައިފިއެވެ.

ގދ. މާވަރުލު އެއާޕޯޓްގެ ދެ ވަނަ ފޭސް ތަރައްގީކޮށް ނިންމާލީ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އެ ޕްރޮޖެކްޓުގެ ދަށުން ފަސެންޖަރ ޓާމިނަލް އަކާއި، މުވައްޒަފުންގެ ކުއާޓާއަކާާއި، ޕަވަރ ހައުސްއެއްގެ އިތުރުން ރެސްޓޯރެންޓެއް ވަނީ އަޅާފައެވެ.

އެ ޕްރޮޖެކްޓުގެ މަސައްކަތް ކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހުއެވެ. ސަރުކާރުން 12.1 މިލިއަން ރުފިޔާ ހަރަދުކުރި ޕްރޮޖެކްޓް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ފަހެއްގައެވެ.

ދެވަނަ ފިޔަވަހީގެ ދަށުން އެމްޓީސީސީން ވަނީ އެއާޕޯޓުގެ ރަންވޭއާއި، ޓެކްސީވޭގެ އިތުރުން އޭޕްރޯންގެ މަސައްކަތް މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ގައި ނިންމާފައެވެ.

މާވަރުލު އެއާޕޯޓުގެ ރަންވޭ އަކީ 1200 މީޓަރު ދިގު އަދި 20 މީޓަރު ފުޅާ ރަންވޭއެކެވެ. މި ޕްރޮޖެކްޓަށް ސަރުކާރުން ވަނީ 57.04 މިލިއަން ރުފިޔާގެ ހަރަދުކޮށްފައެވެ. ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކުރީ 15 މާޗްގައެވެ. މަސައްކަތް ނިންމާއި އޭޕްރީލް މަހުގެ 18 ގައެވެ.

މާވަރުލު އެއާޕޯޓުގެ މަސައްކަތް ނިންމަވައި ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރު ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ. މާވަރުލުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއަކީ ގައްދޫ ދާއިރާގެ ކުރީގެ މެމްބަރު ޒާހިރު އާދަމް (ގައްދޫ ޒާހިރު)އާ ހަވާލުކުރި މަޝްރޫއުއެކެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށްފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
އޮޕަރޭޝަން ބްލޫ ޓައިޑްގެ އޮޕަރޭޝަނަލް ފޭސް ރަސްމީކޮށް ފަށައިފި
ޓުއަރިޒަމް މިނިސްޓްރީއަށް 25 ސިޔާސީ ބޭފުޅުން، މުސާރައަށް މަހަކު 7 ލައްކައަށްވުރެ ގިނަ ރުފިޔާ
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
ނަމާދަށް އިސްކަންދީ، ތިބާ ބުނެއުޅޭ ވާހަކަތަކަކީ ﷲ ރުއްސަވާ ވާހަކަތަކަކަށް ހެދުމަށް ޚުތުބާގައި ގޮވާލައިފި
ދެރަށެއްގެ އެއާޕޯޓު ތަރައްގީކުރުމާއި ތިން ރަށެއްގެ ސަރވޭ ކުރުމާއި ޑިޒައިން އަދި އީއައިއޭ މަސައްކަތް ކުރުމަށް އެމްޓީސީސީއަށް
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް