ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 08:11
މި މައްސަލަ ބެލުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
މި މައްސަލަ ބެލުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރައްޔިތުންގެ މަޖިލިސް
ކަރަންޓް ބިލް ބޮޑުވުން
ކަރަންޓް ބިލް ބޮޑުވި މައްސަލަ މަޖިލީހުން ބެލުމަށް ހުށަހަޅައިފި
 
ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ އަދި ހަތަރުގުނަ ވެސް ބޮޑުވެފައިވޭ
 
ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ޝަކުވާ ލިބިފައިވޭ
 
މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާއި ޚިލާފަށް ބޮޑު

ނިމިގެން ދިޔަ ޖޫން މަހުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ޖަވާބުދާރީ ކުރުމަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ބެލުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މީކާއީލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާއި ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ އަދި ހަތަރުގުނަ ވެސް ބޮޑުވެފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިޙާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުއްވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް މެމްބަރު މީކާއިލް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކަރަންޓް ބިލް ބޮޑުވި މައްސަލަ ބަލައި ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، ޖޫން މަހުގެ ބިލް ބޮޑުވެގެން ގިނަ އަދަދެއްގެ ބައެއް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން އެއްހާސް ރުފިޔާ ނާރާ ގެތަކުގެ ބިލްތައް ވަނީ ދެތިން ގުނަ ބޮޑުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލީ ގޮތުން އަތްމަތި ދަތިވެފައިވާ ދަނޑިވަޅެއްގައި ކަރަންޓު ބިލް އިންތިހާއަށް ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް އާންމުންދަނީ ބުނަމުންނެވެ. ސްޓެލްކޯއިން ބުނަނީ ބިލް އާދަޔާ ހިލާފަށް ބޮޑު ނުވާ ކަމަށާއި، ބިލް ބޮޑު ކަމަށް ހީވަނީ ކުރީ ދެ މަހު ދިން ސަބްސިޑީ ނެތުމުން ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް
2 ޖުލައި 2020 | ބުރާސްފަތި 12:15
ހ މ ޒ
ސްޓެލްކޯ އިން މިފަހަރު ރަނގަޅަށް ރައްޔިތުން "ފެލާލައިފި"
2 ޖުލައި 2020 | ބުރާސްފަތި 09:12
ޑޮކްޓަރ ބޮޑުލޯ
ސަ ބްސިޑީ ދިންމަހުގެ ކުރީމަހުގެ ކަރަންޓް ބިލް އާައްމުކޮއް އަރާވަރުގެ ދެގުނަ ހުރީ ބޮޑުކޮއްފަ. ސަ ބްސިޑީ ދިނީ ނަމެއްގަ. ނިކަމެތި ރައިއްޔަތުން ގު ބޯ ހައްދަނީ. އި ބޫގެ އެއްމެ ވައުދެއްވެސް ނުފުއްދާ ހަމަ އެކަނި ކޯލިޝަން އުވާނުލާ ކަން. އައްޑޫ ރައިއްޔަތުންނަ ދެއްކީ ހުވަފެން. ބުނި އެއްވެސް ވައުދެއް ނުފުއްދާ. ވޯޓާ ކާރިވީމަ ނަޝީދުވެސް ކޮންމެވެސް ނަމެއްކިޔާފަ މުންޖޭ ގޮވަމުން ރައިއްޔަތުން ބޮލައް ސަވާރުވާނެ. އެމްޑީޕީ މެމް ބަރައްކައްވީތީ ބުނަންވާވަރައްވެސް ނު ބުނެ ކެތްކޮއްލައިގެން މިއިންނަނީ.