ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 08:16
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ގޭގައި ދިރިއުޅޭ އެންމެން ވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް ޑރ. ނަޒްލާ ނަސޭހަތްތެރިވެފައިވޭ
އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން، ގޭގައި ދިރިއުޅޭ އެންމެން ވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް ޑރ. ނަޒްލާ ނަސޭހަތްތެރިވެފައިވޭ
ރައީސް އޮފީސް
ކޮވިޑް-19 އިން ރައްކާތެރިވުން
ޑރ. ނަޒްލާގެ އިލްތިމާސް: ބަލިން ރައްކާތެރިވާން އުސޫލާ އެއްގޮތަށް އަމަލުކުރޭ
 
ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ބޭރަށް ނުދިއުމަށް އިލްތިމާސް ކުރެއްވި
 
އިޖްތިމާއީ ގައިދުރުކަން ބަހައްޓަން ޖެހޭ
 
ނަތީޖާ ފެންނާނީ ރައްޔިތުން އަމަލުކުރާ ގޮތުގެ މައްޗަށް ބިނާކޮށް

ކޮވިޑް-19 ގެއަށް ވަންދަން ބޭނުންނުވާ ނަމަ، ބޭރަށް ނުކުންނަ މީހުން އުސޫލާ އެއްގޮތަށް އަމަލުކުރަން ޖެހޭ ކަމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)ގެ ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބުދަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ ނުރައްކާތެރިކަން މުޖުތަމައުއިން ނުފިލާ ކަމަށާއި، ލުއިތަކެއް ދިން ކަމުގައިވީ ނަމަވެސް ކަނޑައަޅާފައިވާ ގައިޑްލައިންތަކާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ ރައްޔިތުން އަމަލުކުރާ ގޮތުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

އެގޮތުން ޚާއްސަ ގޮތެއްގައި ބޭރަށް ދާއިރު، އިޖްތިމާއީ ގަައިދުރުކަން ބެހެއްޓުމާއި، އެތެރޭގައި ބަންދުވެފައި ހުންނަ ތަންތަނުގައި ތިބޭ ކޮންމެ ހާލަތެއްގައި މާސްކް ބޭނުންކުރުމަށާއި، އެއާއެކު އަތް ދޮވުން، ނޫނީ އަތް ސެނަޓައިޒް ކުރުމާއި، އަދި ބަލީގެ އެއްވެސް އަލާމަތެއް ހުރި ކަމަށްވާނަމަ ބޭރަށް ނުނިކުތުމާއި، އޮފީހަށް ނުދިއުން އަދި ސްކޫލަށްދާ ކުއްޖެއް ނަމަ ސްކޫލަށް ނުފޮނުވުމަށް ޑރ.ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

އަޅުގަނޑުމެންނަށް މިިކަން ވަރަށް ރަނގަޅުވެފައި އޮވެފައި މިހާރު ފެންނަ ބައެއް ކޭސްތަކުގައި އެބަ މަޑުމަޑުން ފާހަގަކުރެވޭ އަނެއްކާ ވެސް ބަލީގެ އަލާމާތްތައް ހުރެ ވަރަށް ގިނަ ދުވަސްވާއިރު ބައެއް ފަހަރު އޮފީހަށް ވެސް ނުކުންނަވާފަ އެބަހުރި. އަދި ޓެސްޓު ކުރަން އަޅުގަނޑުމެންނަށް ގުޅޭ އަދި އަޅުގަނޑުމެނަނަށް ފުލޫ ކްލިނިކަށް ވަޑައިނުގަތް. މިހެން ކަންތައްވާނަމަ އޭގެ މާނައަކީ އެމީހެއްގެ ސަބަބުން ހަމަ ވަރަށް ގިނަ އެހެން ފަރާތްތަކަށް ތިމާގެ އާއިލާއާއެކު މަސައްކަތް ކުރާ މީހުންނާއި، ރައްޓެހިންނާއި، އެންމެން ވެސް ބައްޔަށް ހުށަހެޅުމުގެ ފުރުސަތު އޮވޭ. އެހެންވީމަ ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެއްޔާ ވީހާ ވެސް އަވަހަށް ފުލޫ ކްލިނިކަށް ވަޑައިގެން ޓެސްޓު ކުރެއްވުން ތިމާގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަ ކުރުމަށް އޮތްއެންމެ މުހިންމު އެއް ފިޔަވަޅު.
އެޗްޕީއޭގެ ޑރ. ނަޒްލާ ރަފީގު

ލޮކްޑައުންއަށް ގިނަ ލުއިތަކެއް ދީފައިވާކަން ފާހަގަކުރައްވައި ޑރ. ނަޒްލާ ވިދާޅުވީ ގިނަ އަދަދެއްގެ ބަޔަކު ބޭރަށް ނުކުމެ އުޅޭ ކަމަށާއި، ބޭރަށް ނުކުޅެ އުޅޭ މީހުން ގެއަށް ބަލި ނުވެއްދުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް މީހުން ޓޭކްއަވޭ ފަދަ ތަންތަނުގައި ގައިދުރުކަމެއް ނެތި މަޑުކޮށްގެން ތިބޭ ކަމަށާއި، މާސްކް ނާޅާ ތިބޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބައެއް ބެލެނިވެރިން ސްކޫލަށް ކުދިން ފޮނުވުމަށް ކަންބޮޑުވާ ކަމަށާއި، ނަމަވެސް ބަލި ފެތުރުމަށް މެދުވެރިވާ ހަމައެކަނި ސަބަބަކީ ކުދިން ސްކޫލަށް ފޮނުވުން ނޫން ކަމަށެވެ. ކޮވިޑް-19އާ ގުޅިގެން މުޅި ދިރިއުޅުމަށް އައި ބަދަލުތަކާއެކު ގޭގައި ދިރިއުޅޭ އެންމެން ވެސް ރައްކާތެރި ފިޔަވަޅު އެޅުމަށް ޑރ. ނަޒްލާ ނަސޭހަތްތެރިވިއެވެ.

ކޮވިޑް19 ބަލިން ރައްކާތެރިވުމުގެ ގޮތުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރުކުރި ނަމަވެސް، ގިނަ ލުއިތަކެއް ވަނީ ދެވިފައެވެ. އެގޮތުން ޖަމާއަތުގައި ނަމާދު ކުރުމާއި، ބައެއް ގްރޭޑްތަކުގެ ދަރިވަރުން ސްކޫލަށް ދިއުމަށް ވަނީ ފުރުސަތު ދީފައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް