ކ. މާލެ
|
2 ޖުލައި 2020 | ބުރާސްފަތި 07:57
ހދ. ނާގޮށި، ދޫކޮށްފައިވަނީ ރިސޯޓެއް ތަރައްގީކުރުމަށް
ހދ. ނާގޮށި، ދޫކޮށްފައިވަނީ ރިސޯޓެއް ތަރައްގީކުރުމަށް
ގޫގުލް
ނާގޯށި
ހދ. ނާގޯށީގެ މަސައްކަތް އަލުން ފަށަނީ
 
އައު ލީސް އެގްރިމެންޓުގައި ބުރާސްފަތި ދުވަހު ސޮއިކުރެވިގެންދާނެ

ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރަން ފަށާފައިވާ ހދ. ނާގޯށީގެ މަސައްކަތް ގިނަ އަހަރުތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަގަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހދ. އަތޮޅުގައި ރިސޯޓް ތަރައްޤީ ކުރަމުންދާ ރާއްޖޭގެ އެންމެ ބޮޑު އެއް ރަށް ކަމުގައި ނާގޯށިގެ އައު ލީސް އެގްރިމެންޓުގައި ބުރާސްފަތި ދުވަހު ސޮއިކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ އެމްޓީޑީސީގެ ސެޓްލްމެންޓް އެގްރިމެންޓުގައި ހުރި ކަންތައްތަކާއި ގުޅިގެން އިންވެސްޓްމަންޓް ކުރިއަށް ނުގޮސް އޮތުމަށްފަހު އެގްރިމެންޓްގައި ހުރި ކަންކަން މިހާރު ހައްލު ކުރެވިފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ބަންޑާރަނައިބުގެ ލަފާ ވެސް ލިބިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކުރީގައި އެމްޓީޑީސީ ތެރޭގައި އޭގައި ހުރި ސެޓްލްމަންޓް އެގްރިމަންޓްސްގައި ހުރި ކަންތައް ތަކާއި ގުޅިގެން އިންވެސްޓްމަންޓް ކުރިއަށް ނުގޮސް އޮތީ. އޭގައި ހުރި ކަންތައްތައް ހައްލުކުރެވި އޭގެ އައު ލީސް އެގްރިމެންޓެއް އިރާދަކުރެއްވިއްޔާ ބަންޑާރނައިބްގެ ލަފާގެ މަތިން ލިބިފައި. މަދަމާގެ ވަގުތެއްގައި އިރާދަކުރެއްވިއްޔާ ސޮއިކުރެވިގެންދާނެ
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު

ނާގޯށީގެ މަސައްކަތް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސްދޭނެ ކަމަށް މި ސަރުކާރުން މިދިޔަ އަހަރު ވައުދުވެފައިވާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ހދ. އަތޮޅަކީ ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިކަމުގެ މަންފާ އެ އަތޮޅުގެ ރައްޔިތުންނަށް ނުލިބި އޮތް އަތޮޅެއް ކަމަށެވެ.

ޖުމްލަ 600 އެނދާ އެކު އެމްޓީޑީސީއިން ނާގޯށި ރިސޯޓް ތަރައްގީ ކުރަން ފެށީ ރަޝިޔާގެ ތްރީކޭ އިންޓަނޭޝަނަލްއާ އެކު ހެދި ޖޭވީއެއްގެ ދަށުންނެވެ. އެހެން ނަމަވެސް މައްސަލަތައް ދިމާވެ، އެ ރަށުގެ 50 ޕަސެންޓް މަސައްކަތް ނިމުނު ފަހުން އެރަށުގެ މަސައްކަތް ހުއްޓި ވަނީ ގިނަ އަހަރުތަކެއް ވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
50%
0%
50%
0%
0%
ކޮމެންޓް