ކ. މާލެ
|
1 ޖުލައި 2020 | ބުދަ 18:25
ރާއްޖެ ޓީވީން ކުރުފިލްމް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ރާއްޖެ ޓީވީން ކުރުފިލްމް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
ރާއްޖެއެމްވީ
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތް
ރަނުގެ ފުރުސަތެއް: ނިއު ނޯމަލްއާއި ގުޅޭ ކުރު ފިލްމް މުބާރާތެއް ރާއްޖެޓީވީން!
 
އިތުރު މައުލޫމާތު ހޯދުމަށް 3007771 އަށް ގުޅުމަށް އެދޭ
 
މުބާރާތުގެ ތީމް އަކީ "ނިއު ނޯމަލް"
 
ބައިވެރިވުމުގެ ފުރުސަތު ވަނީ 01 ޖުލައިން ފެށިގެން 31 ޖުލައި ގެ ނިޔަލަށް ވަނީ ހުޅުވާލާފައި

ނިއުނޯމަލްއާއި ގުޅިގެން ރާއްޖެ ޓީވީން ކުރިއަށްގެންދާ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ 01 ޖުލައިން ފެށިގެން 31 ޖުލައިގެ ނިޔަލަށް ފިލްމް

ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މުބާރާތުގެ ތީމް އަކީ "ނިއު ނޯމަލް" އެވެ.

މި މުބާރާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ހެޑް އޮފް ޕްރޮގްރާމު އާމިރު ސަލީމް ވިދާޅުވީ ރާއްޖެ ޓީވީން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުރު ފިލްމް މުބާރާތުގެ މަޤްސަދަކީ ނިއު ނޯމަލްގައި އަމަލުކުރަންޖެހޭ ގޮތްތަކާއި ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުން ކަމަށެވެ. މީގެ އިތުރުން ގޭގައި ތިބެގެން ވެސް އުފެއްދުންތެރި މަސައްކަތް ކުރާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުން ކަމަށް އާމިރު ވިދާޅުވިއެވެ.

މުބާރާތުން އެއްވަނައަށް ދާ ފަރާތްތަކަށް ކްލިކް ކޮމްޕިއުޓަރއިން ހުށަހަޅާ އަގުހުރި ލެޕްޓޮޕެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރ، އެންމެ މޮޅު ކެމެރާމަން، އެންމެ މޮޅު އެޑިޓަރ، އެންމެ މޮޅު އެކްޓަރ އަދި އެކްޓްރެސް ހޮވުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ ޖަޖިން ޕެނަލް އަކުންނާއި ބެލުންތެރިންގެ ވޯޓު ހިމަނައިގެންކަމަށް އާމިރު ވިދާޅުވިއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3007771 އަށް ގުޅުމަށް ރާއްޖެ ޓީވީން އެދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް