ކ. މާލެ
|
1 ޖުލައި 2020 | ބުދަ 11:11
އަލިފާން ރޯވެފައިވަނީ \"މާލިފުށި 2\" ކިޔާ ލޯންޗެއްގައި
އަލިފާން ރޯވެފައިވަނީ "މާލިފުށި 2" ކިޔާ ލޯންޗެއްގައި
ކިއުންތެރިއެއް
ލޯންޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުން
ލޯންޗެއްގައި ރޯވެ ދިވެހި އަންހެނަކާއި، ލަންކާ މީހަކު ފިހިއްޖެ
 
މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުން
 
ލޯންޗުގައި އެވަގުތު 6 މީހުން ތިބި
 
އަލިފާން ރޯވެފައިވަނީ "މާލިފުށި 2" ކިޔާ ލޯންޗެއްގައި

ތ. މާލިފުށި ރިސޯޓުން ފުރައިގެން އައި ލޯންޗެއްގައި ރޯވެ، ދިވެއްސަކާއި، ލަންކާ ރައްޔިތަކަށް ފިހިއްޖެއެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު "ރާއްޖެއެމްވީ"އަށް ވިދާޅުވީ، ހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން އަލިފާން ރޯވެފައިވަނީ "މާލިފުށި 2" ނަމަކަށް ކިޔާ ލޯންޗެއްގައި ކަމަށާއި، އެ ލޯންޗު ދަތުރު ކުރަމުން ދިޔައީ މާލެއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަލިފާން ރޯވެފައިވަނީ މާލެ ދިޔަ މަގުމަތީގައި ތ ގުރައިދޫއަށް ޖައްސަން ދަނިކޮށް ކަމަށް ވެސް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، ލޯންޗުގައި އެވަގުތު 6 މީހުން ތިބި ކަމަށެވެ. އަދި އޭގެ ތެރެއިން ދިވެހި އަންހެނަކާއި، ލަންކާ ރައްޔިތަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

"މާލިފުށި 2" ކިޔާ ލޯންޗެއްގައި ރޯވަނީ

އެ ދެމީހުންނަށް ވެސް މާލިފުށި ރިސޯޓުގައި ފަރުވާދެމުންދާއިރު، ދެ މީހުން މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެކަމާ ގުޅޭގޮތުން ރިސޯޓުގެ ބަހެއް ލިބިފައެއް ނުވެއެވެ.

ލޯންޗުގައި އަލިފާން ރޯވި ސަބަބު ދެނެގަނެވިފައިނުވާއިރު، މި ހާދިސާ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
5%
0%
80%
5%
5%
5%
ކޮމެންޓް