ކ. މާލެ
|
30 ޖޫން 2020 | އަންގާރަ 16:09
ސްޓެލްކޯ އޮފީސް ހުންނަ އިމާރާތް
ސްޓެލްކޯ އޮފީސް ހުންނަ އިމާރާތް
ރާއްޖެއެމްވީ
ސްޓެލްކޯ ޕްރޮމޯޝަން
ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކައިގެން 10 ފަރާތަކަށް 1000 ރުފިޔާ
 
ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅު
 
މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި މަހުގެ ނިޔަލަށް

ސްޓެލްކޯ އެޕް މެދުވެރިކޮށް ބިލް ދައްކަވައިގެން 10 ކަސްޓަމަރަކަށް -/1،000 ރުފިޔާ ލިބުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން ބުނީ މި ޕްރޮމޯޝަން ކުރިޔަށް ދާނީ ޖުލައި މަހުގެ ނިޔަލަށް އެޕްލިކޭޝަން މެދުވެރިކޮށް ބިލްދައްކާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ.

އެ މުއްދަތުގެ ތެރޭގައި ދައްކާ ބިލަކީ ކޮންމެހެން އެންމެ ފަހުގެ ބިލަށްވާކަށް ނުޖެހޭ ކަމަށާއި އޭގެ ކުރީ މަހުގެ ބިލްތައް ދެއްކި ނަމަވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ. ޕްރޮމޯޝަންގެ ގުރު ނެގުން އޮންނާނީ އޮގަސްޓް މަހުގެ ކުރީކޮޅުއެވެ.

ސްޓެލްކޯ އެޕްލިކޭޝަނުން ފަސޭހަ ކަމާއެކު ބިލް ދައްކާލެވި، ބިލަށް އަރާވަރު އަމިއްލައަށް ހިސާބު ކޮށްލެވޭނެއެވެ. އަދި އެއް މީޓަރަށްވުރެ ގިނަ މީޓަރު އެޕަށް އެޑްކޮށް ކެޓަގޮރައިޒް ކޮށްލެވޭނެއެވެ.

އޭގެ އިތުރުން، އެޕުން ފާއިތުވި ހަ މަސް ދުވަހުގެ ކަރަންޓް ބޭނުން ކުރެވިފައިހުރި ގޮތް ބަލާލެވޭނެއެެވެ. ސްޓެލްކޯ އެޕް، އެޕްސްޓޯރާއި، ޕްލޭ ސްޓޯރުން ފަސޭހަކަމާއެކު ޑައުންލޯޑް ކޮށްލެވޭނެއެވެ.

އެޕްލިކޭޝަން ބޭނުން ކުރައްވާ ފަރާތްތަކަށް ކޮންމެ މަހަކު ވެސް ބިލް ލިބިގެންދާނެ ކަމަށާއި އަދި ބިލް ޑައުންލޯޑް ވެސް ކުރެއްވޭނެ ކަމަށް ސްޓެލްކޯއިން މައުލޫމާތު ދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
75%
25%
0%
0%
0%
ކޮމެންޓް
30 ޖޫން 2020 | އަންގާރަ 19:25
މުޞްޠަ ފާ
ރާއްޖެތެރެ އަށްވެސް މި ފުރުޞަތު އޮންނާނެތޯ؟