ކ. މާލެ
|
28 ޖޫން 2020 | އާދީއްތަ 19:26
\"ރާޅުގަނޑު\" ބޮޑުބެރު ގުރޫޕް، މިސްތުގެ ޣާހިރާގައި ރާއްޖެ ތަމްސީލް ކުރުމުގެ ތެރެއިން
"ރާޅުގަނޑު" ބޮޑުބެރު ގުރޫޕް، މިސްތުގެ ޣާހިރާގައި ރާއްޖެ ތަމްސީލް ކުރުމުގެ ތެރެއިން
ފޭސްބުކް
ދިވެހި ފަންނާނުން
ފުރަތަމަ އެއް މިލިއަން ވިއުސްއާ އެކު ރާއްޖޭގެ ބޮޑުބެރުގެ އެންމެ ކުރީގައި "ރާޅުގަނޑު"
 
"ބާރަށް ދުއްވާ" މިލަވަ އަކީ ރާޅުގަނޑުގެ %100 އަމިއްލަ އުފެއްދުމެއް
 
"ބާރަށް ދުއްވާ" އަށް 01 މިލިއަން ހަމަވެފައިވާކަން ހާމަކޮށްފައިވަނީ 17 އޮކްޓޯބަރު 2019 ގައި

ޔޫޓިއުބުން ފުރަތަމަ އެއް މިލިއަން ވިއުސް ލިބުނު ދިވެހި ލަވަ ދެނެގަންނަން ކުޑަ ދިރާސާއެއް ހަދާލުމުގެ މަސައްކަތް ފެށީމެވެ.

އެގޮތުން މި އަދަދަށް ވިއުސް އެންމެ ފުރަތަމަ ލިބިފައިވަނީ ކޮން ފަރާތެއްކަން ހޯދުމަށް ދެފަރާތުގެ ޔޫޓިއުބް ޗެނަލްއާއި ފޭސްބުކް ޕޭޖް ބެލިބެލުމުން ހާމަވާގޮތުގައި ފުރަތަމަ އެއް މިލިއަން ހަމަވެގެން އެކަން ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވަނީ ރާޅުގަނޑު ބޮޑުބެރުގެ ޕޭޖުގައި 2019 ވަނަ އަހަރުގެ އޮކްޓޯބަރު 17 ގައެވެ. ފަތްމިނި ބޮޑުބެރު އެއް މިލިއަން ހަމަ ވެގެން އެކަން ފޭސްބުކް ޕޭޖުގައި ހާމަކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 24 ގައެވެ. އެހެން ކަމުން އެދެމެދުގައި 02 މަސް ދުވަހަށްވުރެ ބޮޑު ފަރަގެއް ވާކަން އެބަ ހާމަވެއެވެ.

މީގެ އިތުރުން މިކަން ކަށަވަރު ކުރުމުގެ ގޮތުން ދެފަރާތުގެ ޔޫޓިއުބް ޗެކްކުރުމުން ރާޅުގަނޑު ބޮޑުބެރުގެ ބާރަށް ދުއްވާ އެއް މިލިއަން ހަމަވެފައިވަނީ މީގެ އަހަރެއް ކުރިން ކަން، އާންމު ފަރާތަކުން އެކަން ފާހަގަކޮށް ކޮށްފައިވާ ކޮމެންޓުން ހާމަ ވެއެވެ.

އެ ކޮމެންޓުގައި އޭނާ ވަނީ މިލަވަ އަކީ ފުރުތަމަ އެއް މިލިއަން ހަމަވާ ދިވެހި އުފެއްދުން ކަން ހާމަކޮށްފައިވެއެވެ. ހަމަ އެގޮތުން "ދިވެހި ކަނބަލުން" ލަވައިގެ ކޮމެންޓަށް ބަލާ އިރު މީގެ ނުވަ މަސް ކުރިން 1 މިލިއަން ހަމަވެފައިވާކަން އިނގޭ ކޮމެންޓެއް ވެސް ފެނިފައި ވެއެވެ. އެހެން ކަމުން ތިން މަސް ދުވަހުގެ ތަފާތަކުން ބާރަށް ދުއްވާ ކުރީގައިވާ ކަން ޔަޤީން ކުރެވެއެވެ.

އެއް މިލިއަން ވިއުސް ޔޫޓިއުބްގައި ފުރަތަމަ ލިބުނު ދިވެހި ލަވައާއި ގުޅޭ ގޮތުން ބަހުސް ކުރެވެން ފެށީ، ދިވެހި ކަނބަލުން ލަވަ ކިޔާފައިވާ ފަތްމިނި ބޮޑުބެރު ގްރޫޕުން ކުރި ޕޯސްޓަކާއި ގުޅިގެންނެވެ.

އެއް މިލިއަން ވިއުސްގެ ވާހަކަ އެކި ގޮތް ގޮތަށް ހަގީގަތަށް ބެލުމެއްނެތި މިވަނީ އެކިއެކި ނޫސް މަޖައްލާތަކުން ގެނެސްދީފައިވާ އިރު، ރާޅުގަނޑު ބޮޑުބެރުގެ އެއްވެސް ފަރާތަކާއި ގުޅާ މައުލޫމާތު ސާފުކޮށްފައިނުވާ ކަމަށް ރާޅުގަނޑުގެ މާކެޓިންގް ޓީމްގެ ފަރާތުން ޔާމީން ޒަކީ ބުނެފައިވެއެވެ.

މި ދެ ބޮޑުބެރު ލަވައިގެ އިތުރުން މިއުޒިކް ވީޑިއޯ، ގޭމް ވީޑިއޯ އަދިވެސް އެހެނިހެން ކުދި ކުދި ވީޑިއޯތަކަށް 1 މިލިއަން ހަމަ ވި ވާހަކަ ވެސް ވަނީ ދެކެވިފައެވެ. މާދަން އެހެން ވީޑިއޯ އަކަށް 2 މިލިއަންވެސް ލިބުން އެކަށީގެންވެއެވެ. ނަމަވެސް ފުރުތަމަ 01 މިލިއަން ލިބުނު ފަރާތުގެ އެ ރެކޯޑަކަށް އެކަމުން ބަދަލެއް ނާންނާނެއެވެ. ރާޅުގަނޑު މިވަނީ ތާރިހުގައި ލިޔެވިފައެވެ.

ބާރަށް ދުއްވާ މިލަވަ އަކީ ރާޅުގަނޑުގެ %100 އަމިއްލަ އުފެއްދުމުކެވެ. ޅެން، ރާގު އޯޑިއޯ ޕްރޮޑަކްޝަން، ވީޑިއޯ ޕްރޮޑަކްޝަން އަދި ޑައިރެކްޝަންގެ މަސައްކަތް ވެސް ކޮށްފައިވަނީ ރާޅުގަނޑަށް ނިސްބަތްވާ ރާޅުގަނޑު ކުދިންނެވެ.

ބާރަށް ދުއްވާ މިލަވަ ބެލުންތެރިންނާ ހަމައަށް ގެނެސްދިން މި ބޮޑުބެރު ގުރޫޕަކީ އުމުރުން 16 އަހަރުގެ ޒުވާނުންތަކެއް އެކުވެ އުފެދުނު ގްރޫޕެކެވެ. އެ ސަރަހައްދު އިސްބޭފުޅުންގެ ތަރުހީބު ލިބި ރަސްމީ ބޮޑުބެރު ގްރޫޕެއްގެ ގޮތުގައި 2010 ވަނަ އަހަރު ރަޖިސްޓްރީ ކުރި މި ގްރޫޕަށް މި އަހަރު ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު 10 އަހަރު ފުރޭނެއެވެ.

ފަނޑުކަމެއްނެތި ކާމިޔާބު 10 އަހަރު ނިންމާލުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއްތާއެވެ. މިއަދު ވެސް މި ގްރޫޕުގެ ކުރީ ސަފުގައި ތިބީ، ފެށިއިރު ތިބި ފަންނާނުންނެވެ. އެހެން ކަމުން އެ ކުދިންގެ މެދުގައި ގުރޫޕަށް އޮތް ލޯބި ހާމަވެގެންދެއެވެ. ސާބިތު ކަމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާ އަކަށް ރާޅުގަނޑު ބޮޑުބެރު ފުދެއެވެ.

8%
64%
0%
12%
12%
4%
ކޮމެންޓް