ކ. މާލެ
|
26 ޖޫން 2020 | ހުކުރު 18:54
ސުޝާންތް ސިންގް ރާޖްޕުތް
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ސުޝާންތްގެ މަރަށްފަހު، އެނާގެ އިންސްޓަގްރާމްގައި ފޮލޯވަރުންގެ އަދަދު 5 މިލިއަން އިތުރުވެއްޖެ
 
ސުޝާންތް މަރުވެފައި ހުއްޓާ ފެނިފައިވަނީ ޖޫން 14 ގައި
 
ސުޝާންތްގެ ފޮލޯވަރުންގެ އަދަދު ވަނީ 13.9 މިލިއަނަށް އަރާފައި

ބޮލީވުޑް އެކްޓަރ ސުޝާންތް ސިންގް ރާޖްޕުތްގެ މަރަށްފަހު އޭނާގެ އިންސްޓަގްރާމްގައި ފޮލޯވަރުންވަރުންގެ އަދަދު 5 މިލިއަން އިތުރުވެއްޖެ އެވެ.

ސުޝާންތްގެ އިންސްޓަގްރާމް ކުރިން ފޮލޯކުރަމުންދިޔައީ 9 މިލިއަން ފޮލޯވަރުން ނަމަވެސް އޭނާ މަރުވިތާ 12 ދުވަސް ތެރޭގައި ވަނީ ފޮލޯވަރުންގެ އަދަދު 13.9 މިލިއަނަށް އަރާފައެވެ.

ސުޝާންތް މަރުވެފައި ހުއްޓާ ފެނިފައިވަނީ މިހިނގާ ޖޫން މަހުގެ 14 ގައި މުމްބާއީގައި ހުންނަ އެނާ ދިރިއުޅޭ ގޭގައެވެ.

ސުޝާންތް މަރުވިއިރު އޭނާ ދަނީ ޑިޕްރެޝަންއާއި ކުރިމަތިލަމުންނެވެ. އަދި ޑިޕްރެޝަންއަށް ފަރުވާ ހޯދާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސުޝާންތާއި ގުޅޭގޮތުން އޭނާގެ ބައްޕަ ބުނެފައިވަނީ ސުޝާންތައަކީ ވަރަށް ޚާއްސަ މީހެއް ކަމަށާއި އޭނާގެ ހަޔާތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ކާމިޔާބީތައް ހާސިލްކޮށްފައިވާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް