ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 19:09
ފިލްމީ ތަރި ރާނީ. "ހިޗްކީގެ" ފުރަތަމަ ފެނިލުން
ފިލްމީ ތަރި ރާނީ. "ހިޗްކީގެ" ފުރަތަމަ ފެނިލުން
އިންޑިއަން އެކްސްޕްރެސް
ރާނީ މުކްރަޖީ
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި
 
ރާނީ ސްކްރީނާ ދުރަށް ދިޔައީ ދަރިޔަކު ލިބުމުން

ހިންދީ ފިލްމު، ހިޗްކީގެ ޝޫޓިން ބޮލީވުޑްގެ މަޝްހޫރު ތަރި ރާނީ މުކްރަޖީ ފައްޓައިފިއެވެ.

މިއީ ރާނީ އިންޑިއާގެ ފިލްމީ ސްކްރީނާއ ދުރަށް ދިއުމަށްފަހު އެނބުރި އައިސް ކުޅޭ ފުރަތަމަ ފިލްމެވެ. ޔަޝް ރާޖްގެ ފިލްމު ހިޗްކީގެ ޝޫޓިން ރާނީ ފައްޓާފައިވާއިރު ޓްވިޓާގައި ވަނީ ފިލްމުގެ ޝޫޓިންފަށާފައިވާ ކަމަށް ބުނެ ވަނީ އާންމު ކޮށްފައެވެ.

ހިޗްކީއަކީ އަންހެނެއްގެ ހަޔާތަށް ހަދާ ފިލްމެއް ކަމަށް، އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން މީގެ ކުރިން ވަނީ ބުނެފައެވެ.  ޔަޝް ރާޖް ޕްރޮޑަކްޝަންއިން އާންމު ކުރި ވީޑިއޯއިން ފެންނަނީ ރާނީ، ބޯޑެއްގައި ލިޔާ މަންޒަރެވެ. އެހެންކަމުން ހިޗްކީގައި ރާނީ ކުޅެނީ ޓީޗަރެއްގެ ރޯލުތޯ ވަނީ ސުވާލުއުފެދިފައެވެ.

ރާނީ އަށް މިދިޔަ މަހުގައި 39 އަހަރު ފުރިފައިވާއިރު އޭނާ ފިލްމު ކުޅުމާ ދުރުވީ ދަރިއެއް ލިބުމުންނެވެ. އޭނާގެ އުފަން ދުވަހުގައި ފޭސްބުކް މެދުވެރިކޮށް ބުނެފައިވަނީ އޭނާ އަލުން ސްކްރީނަށް އަންނަން ހާސްވެ ހިތްބިރުގެންފައިވާކަމަށެވެ.

"އަހަރެން އެނބުރި އަންނަ ފިލްމަށް ކިޔަނީ ހިކްޗީ. އަހަރެން އުއްމީދުކުރަން ހިކްޗީގައި މޮޅު ރޯލެއް އަދާކުރެވޭނެ ކަމަށް އަދި އެ ފިލްމު ހިތްހަމަ ޖެހޭ ފިލްމަކަށް ވާނެ ކަމަށް.  އެންމެންގެ ހެޔޮ ދުއާ ކޮށްދިނުމަށް އެދެން ފިލްމު ކާމިޔާބު ފިލްމަކަށް ވުމަށްޓަކާ،" ރާނީ ފޭސްބުކް މެދުވެރިކޮށް ބުނެފައިވެއެވެ.

ރާނީ އަތިތްޔާ ޗޮޕްރާއާއި ކައިވެނި ކުރުމަށްފަހު އޭނާގެ ދިރިއުޅުމަށް ބަދަލުގެނެސްފައިވެއެވެ. އޭނާ ކައިވެނި ކުރުމަށްފަހު އެންމެ ފުރަތަމަ ފެނިފައިވަނީ 2014 ވަނަ އަހަރު ނިކުތް މަރްދާނީއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް