ކ. މާލެ
|
24 ޖޫން 2020 | ބުދަ 17:50
ސަރޯޖް ޚާން
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާން އެޑްމިޓްކޮށްފި
 
ސަރޯޖްގެ ޓެސްޓްގެ ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވް
 
ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވަނީ ނޭވާލާން އުނދަގޫވުމާއި ގުޅިގެން

މަޝްހޫރު ކޮރިއޯގްރާފަރ ސަރޯޖް ޚާން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވަނީ ނޭވާލާން އުނދަގޫވުމާއި ގުޅިގެންނެވެ.

ސަރޯޖްގެ އާއިލާއާ ގާތް މަސްދަރަކުން ބުނެފައިވަނީ އުމުރުން 71 އަހަރުގެ ސަރޯޖް ބާންދްރާގައި ހުންނަ ގުރޫ ނަނަކް ހޮސްޕިޓަލްގައި އޭނާ އެޑްމިޓް ކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.

ސަރޯޖް ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު ކަމަށާއި ނަމަވެސް އޭނާގެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ކަމަށް މަސްދަރާ ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.

ސަރޯޖް ވަނީ އޭނާގެ ކެރިއާގައި ފާއިތުވި 40 އަކަށް އަހަރު ތެރޭގައި 2000 އަށް ވުރެ ގިނަ ލަވައިގެ ކޮރިއޯގްރާފް ކޮށްފައެވެ.

ތިން ފަހަރެއްގެ މަތިން ޤައުމީ އެވޯޑް ހާސިލްކޮށްފައިވާ ސަރޯޖް ކޮރިއޯގްރާފް ކޮށްފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ފިލްމް "ދޭވްދާސް" ގެ "ޑޯލާރެ ޑޯލާ"، "ތޭޒާބް"ގެ "އޭކް ދޯ ތީން" އަދި "ޖަބްވީ މެޓް" ގެ "ޔޭ އިޝްގް ހާޔޭ" ގެ އިތުރުންވެސް ގިނަ ލަވަތައް ހިމެނެއެވެ.

ސަރޯޖް އެންމެ ފަހުން ކޮރިއޯގްރާފް ކޮށްފައިވަނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމް "ކަލަންކް" ގެ "ތަބާހޯގަޔާ" މި ލަވައެވެ. ލަވައިގައި މާދުރީ ޑިކްސިޓް ފެނިގެންދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
25%
75%
0%
0%
0%
ކޮމެންޓް
ގުޅުންހުރި