ކ. މާލެ
|
9 އޭޕްރިލް 2017 | އާދީއްތަ 14:28
ބޮސް ބޭބީ
ބޮސް ބޭބީ
ގޫގުލް
ބޮސްބޭބީ
އެންމެ ކުރީގައި ދަ ބޮސްބޭބީ
 
އެމެރިކާގެ ބޮކްސް އޮފީހުގެ އެހެން ފިލްމުތަކަށްވުރެ ބޮސް ބޭބީ އުޅެނީ އެންމެ ކުރީގައި

މިދިޔަ މާޗްގައި ރިލީޒްކޮށްފައިވާ ކޮމެޑީ 3ޑީ އެނިމޭޝަން ފިލްމު ދަ ބޮސް ބޭބީ އަށް ގިނަ ކާމިޔާބީ ހޯދައިފިއެވެ.

އެގޮތުން އެމެރިކާގެ ބޮކްސް އޮފީހުގެ އެހެން ފިލްމުތަކަށްވުރެ ބޮސް ބޭބީ އުޅެނީ އެންމެ ކުރީގައެވެ.

ޓޮމް ގްރެތު ޑައިރެކްޓް ކޮށްފައިވާ ދަ ބޮސް ބޭބީ އަށް ވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި 108 މިލިއަން ޑޮލަރު ހޯދާފައެވެ.  

މި ފިލްމަކީ 7 އަހަރުގެ ފިރިހެން ކުއްޖެއްގެ ހަޔާތަށް އަންނަ ކުޑަކުޑަ ކުއްޖެއްގެ ވާހަކައެވެ. އޭނާ ވާހަކަ ދައްކަނީ އުމުރުން 40 އަހަރުގެ ފިރިހެނެއްގެ އަޑުންނެވެ. މި ކުއްޖާއަކީ ޕަޕީކޯ ނަމަކަށް ކިޔާ ކުންފުންޏެއްގެ ސީއީއޯއެކެވެ. އާއިލާތެރޭގައި އޮންނަ މައްސަލަ ހައްލު ކޮށްދެނީ ހުރިހާ ކަމެއް އެނގޭ މި ކުއްޖާއަށެވެ.

ދަ ބޮސް ބޭބީ އަށް އަޑު އަޅާފައިވަނީ އެލެކް ބޯލްޑް ވިންއާއިނޖިމީ ކިމެލް ލީސާ ކުރޯޑް އަދި ސްޓީވް ބުޝެމީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް