ކ. މާލެ
|
7 އޭޕްރިލް 2017 | ހުކުރު 19:46
ދަންގަލް ގެ ޕޯސްޓަރެއް
ދަންގަލް ގެ ޕޯސްޓަރެއް
އަޒުމޫން އަހުމަދު
ދަންގަލް
އިންޑިއާގެ ގައުމީ ލަވަ އަދި ދިދައާ ނުލައި ޑަންގަލް ޕާކިސްތާނުގައި ނުދެއްކޭނެ
 
530 ކުރޯޑަށްވުރެ ގިނަ ރުޕީސް ދަންގަލް އަށް ވަނީ މިހާތަނަށް ލިބިފައި
 
މިގޮތަށް ނިންމީ ޕާކިސްތާނުގެ ސެންސަރު ބޯޑުން ޑަންގަލްގެ ދެ ސީނެއް ކަނޑާލުމަށްފަހު އެޅުވުމަށް އެދުމުން

އިންޑިއާގެ ގައުމީ ލަވަ އަދި އިންޑިއާގެ ލަވަ ނުހިމަނައި ޑަންގަލް ޕާކިސްތާނުގައި ނޭޅުވޭނެ ކަމަށް އެ ފިލްމުގެ ޕްރޮޑިއުސަރ އަދި އެކްޓަރ އާމިރު ޚާން ބުނެފިއެވެ.

ބޮލީވުޑްގެ ބޮކްސް އޮފީހުގެ ހުރިހާ ރެކޯޑެއް މުގުރާލި އާމިރް ހާންގެ ދަންގަލް ޕާކިސްތާނުގައި ނޭޅުވުމަށް ނިންމީ ޕާކިސްތާނުގައި އެޅުވުމަށް ގިނަ ހުށައެޅުންތައް ލިބުމުންނެވެ.

އާމިރު ހާން މިގޮތަށް ނިންމީ ޕާކިސްތާނުގެ ސެންސަރު ބޯޑުން ޑަންގަލްގެ ދެ ސީނެއް ކަނޑާލުމަށްފަހު އެޅުވުމަށް އެދުމުންނެވެ. ޕާކިސްތާނުގެ ސެންސަރު ބޯޑުން އެދިފައިވަނީ އިންޑިއާގެ ދިދަ އަދި އިންޑިއާގެ ގައުމީ ލަވަ ޑަންގަލް އިން އުނިކުރުމަށް ފަހު ދެއްކުމަށެވެ. އެހެން ނަމަވެސް އާމިރު ޚާން އެކަމާ އެއްބަހެއް ނުވި ކަމަށް ވެއެވެ. އާމިރު ބުނެފައިވަނީ އިންޑިއާގެ ގައުމީ ލަވަ އަދި ދިދަ ފިލްމުން ނުކަނޑާނެ ކަމަށާއި ޕާކިސްތާނުގައި ފިލްމު ނާޅުވާނެ ކަމަށެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ހީނަރުވެފައި ވާތީ ބޮލީވުޑްގެ ފިލްމުތައް ޕާކިސްތާނުގައި އެޅުވުން މީގެ ކުރިން މަނާ ކޮށްފައި ވެއެވެ. އެހެން ނަމަވެސް ކޮންމެވެސް ވަރަކަށް މިހާރު ޕާކިސްތާނުގައި ބޮލީވުޑްގެ ފިލްމުތައް ދައްކައެވެ. އާމިރްގެ 530 ކުރޯޑަށް ވުރެ ގިނަ ރުޕީސް ޑަންގަލް އަށް ވަނީ މިހާތަނަށް ލިބިފައެވެ.

ޑަންގަލް އަށް ވަނީ އެންމެ ފަހުން ބޭއްވި ފިލްމު ފެއާ އެވޯޑުގައި ވެސް ގިނަ އެވޯޑްތަކެއް ލިބިފައެވެ. 

މި ފިލްމުގައި ބޮލީވުޑަށް އަލަށް ތައާރަފްވި ފާތިމަތު ސަނާ އާއި ޝެއިޚް ސާންޔާ މަލްހޯތްރާ ފެނިގެން ދެއެވެ. ޑަންގަލްއަކީ ބޮކްސިން ކުޅޭ މީހެއްގެ ހުވަފެން ހަގީގަތަކަށް ހަދައި، އިންޑިއާއަށް ރެސްލިންގައި ރަން މެޑެލް ހޯދައިދިން އަންހެން ދަރިއަކު އުޅޭ ގޮތް ފެނިގެންދާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް