ކ. މާލެ
|
5 ޖޫން 2020 | ހުކުރު 15:28
މެމްބަރު ހަސަން ލަތީފް އަދި މިނިސްޓަރ އިމްރާން އަބްދުﷲ: މަޖިލީހުގައި ހިންގާ ކަންކަން ބެލުމުގައި މަޖިލީހުގެ ގަވާއިދުގައި އިންތިޒާމުތަކެއް ކަނޑައަޅާފައިވޭ
މެމްބަރު ހަސަން ލަތީފް އަދި މިނިސްޓަރ އިމްރާން އަބްދުﷲ: މަޖިލީހުގައި ހިންގާ ކަންކަން ބެލުމުގައި މަޖިލީހުގެ ގަވާއިދުގައި އިންތިޒާމުތަކެއް ކަނޑައަޅާފައިވޭ
މުހައްމަދު ފަޒީން
ރައްޔިތުންގެ މަޖިލީހުގައި ހިނގި ހަމަނުޖެހުން
ހަސަން ލަތީފް، އިމްރާނަށް: މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހުރެގެން ނުވާނެ!
 
އިމްތިޔާޒު އަދި ސްކޫލް ކޮމެޓީ އަކީ މިފަދަ މައްސަލަތައް ބެލުމަށް ގާއިމު ކޮށްފައިވާ ކޮމެޓީއެއް
 
މަޖިލީހުގައި ހިންގާ ކަންކަން ބެލުމުގައި މަޖިލީހުގެ ގަވާއިދުގައި އިންތިޒާމުތަކެއް ކަނޑައަޅާފައިވޭ
 
ޝިޔާމަށް އަނިޔާކުރި ކަމަށްބުނާ މައްސަލާގައި އިންސާފުވެރި ތަހުގީގެއް ހިންގާނެ ކަމަށް ހޯމް މިނިސްޓަރ ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ހޯމް އެފެއަރޒް މިނިސްޓަރ އިމްރާން އަބްދުﷲ ހުރެގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ކުޑަވެސް ތާއީދެއް އެއްވެސް ދާއިރާއަކުން އަދާލަތު ޕާޓީއަށް ލިބި، މަޖިލީހުގެ އެންމެ ގޮނޑިއެއްގެ މިންވަރުވެސް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް، މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި މަޖިލީހުގެ އިންތިޒާމުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން އަބްދުﷲގެ ހުރެގެން ނުވާނެ ކަމަށެވެ.

ހަސަން ލަތީފް މިހެން ވިދާޅުވެފައި މިވަނީ، މިހާރު ހިނގަމުންދާ ލޯކަލް ކައުންސިލްތަކުގެ ދައުރު، އައު ކައުންސިލްތައް އެކުލަވާލެވެންދެން އިތުރުކުރުމަށް، ގާނޫނުއަސާސީ އިސްލާހު ކުރުމުުގެ ބިލާއި، ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުން ކަށަވަރު ކުރުމަށް ހަސަން ލަތީފް ހުށަހެޅުއްވި، ހާއްސަ ބިލް މަޖިލީހުގެ ފާސްކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ދައުލަތުގެ މީޑިއާގައި މިނިސްޓަރ އިމްރާން ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ، މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ބައެއް ކަންކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން އެމައްސަލަތައް އިންސާފުވެރިކޮށް ތަހުގީގު ކުރައްވާނެ ކަމަށެވެ. އަދި އިންސާފު ލިބިދިނުމަށް ފުލުހުން ކުރަންޖެހޭ މަސައްކަތްތައް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓަރ އިމްރާން އެ އިޝާރާތް ކުރައްވަނީ، އެޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ނިޒާމް ގެއްލުވާލާ، މަޖިލީހުގައި އަޑުގަދަ ކުރައްވަން ފެއްޓެވުމުން، ރިޔާސާތުން އޭނާގެ ނަން އިއްވާ މަޖިލީހުން ނުކުންނެވުމަށް ތަކުރާރު ކޮށް އެންގެވުމުން ވެސް އެކަން ނުކުރެއްވުމުން މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުން ތަކުގައި މެމްބަރު ޝިޔާމަށް އަނިޔާކުރިކަމަށް ބުނެ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަށް ކަމަށްވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހިނގާ ކަންކަން ބެލުމުގައި މަޖިލީހުގައި އިންތިޒާމުތަކެއް ކަނޑައެޅި، މަޖިލީހުގެ ގަވާއިދުގައި އެކަންކަން ބަޔާންކޮށްފައި ވެއެވެ. މިފަދަ މައްސަލަތައް ބެލުމަށް ހަމަޖައްސާފައިވާ މަޖިލީހުގެ ދާއިމީ ކޮމެޓީއަކީ، އިމްތިޔާޒު އަދި ސުލުކު ކޮމެޓީ އެވެ.

އަދާލަތު ޕާޓީއަކީ މަޖިލީހުގައި ތަމްސީލު ކުރާ ޕާޓީއެއް ނޫން ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީއެކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
0%
0%
0%
100%
0%
0%
ކޮމެންޓް
6 ޖޫން 2020 | ހޮނިހިރު 06:20
ޜަސް
މަޖިލީ ހުގަ އިންތިޒާމެއް އޮތް ނަމައެއްނު އެއަށް އަރައިގަނެވޭނީ. ތި ތަނަކީ އެމްޑީޕީ ގެ ޖަގަ ހައެއް ނޫނޭ ހޭބަލިވާކަށް.