ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 18:13
މަސްވެރިކަމުގައި ބަޔަކު ހަރަކާތްތެރިވަނީ - މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ހަމައަގު ހޯދައިދިނުމަކީ މިސަރުކާރުގެ ވައުދެއް
މަސްވެރިކަމުގައި ބަޔަކު ހަރަކާތްތެރިވަނީ - މަސްވެރިންނަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ހަމައަގު ހޯދައިދިނުމަކީ މިސަރުކާރުގެ ވައުދެއް
ފިޝަރީސް މިނިސްޓްރީ
މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުން
ކަންނެލި ޖަގަހަތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް އެމްޑީޕީން ގޮވާލައިފި
 
ގޭދޮށު މަސް ފެކްޓްރީ އައްޑޫ ސިޓީގައި އެޅުމަށް ވަނީ ބަޔަކާ ހަވާލު ކުރެވިފައި
 
މަސްވެރިންނަށް ހަމައަގު ހޯދާދިނުމަކީ އެޖެންޑާ-19ގެ ވައުދެއް
 
ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން އާއްމުކޮށް ވަނީ ހުޅުވާލާފައި

ކަންނެލި ޖަގަހަތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް އެ އިންތިޒާމް ހަމަޖައްސައިދިނުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން ގޮވާލައިފިއެވެ.

ރާއްޖޭގައި ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން އާއްމުކޮށް ހުޅުވާލުމުން، މަސްވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅަށް އެމްޑީޕީން މަރުހަބާ ކިޔައި، ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ކަޅުބިލަމަހުގެ ވާދަވެރި މާކެޓެއް އެފެއްދުމަށް ކަޅުބިލަމަސް ގަތުމުގެ ފުރުސަތު ސަރުކާރުން އާއްމުކޮށް ހުޅުވާލުމަކީ އެމްޑީޕީގެ ފަރާތުން ބަލައިގަންނަ ކަމެއް ކަމަށެވެ. އަދި މަސްވެރިންނަށް ހަމައަގު ހޯދާދިނުމަކީ އެޖެންޑާ-19ގައި ފާޓީގެ ފަރާތުން މަސްވެރިންނަށް ވެފައިވާ ވައުދެއްކަން ފާހަގަކުރައްވައި އެމްޑީޕީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖުކުރުމާއެކު މަސްވެރިކަން ފުޅާކުރުމަކީ ޕާޓީގެ ވިސްނުމެއް ކަމަށެވެ.

އޭގެއިތުރުން އެއްވެސް ހުރަހެއްނެތި އާއްމުކޮށް މަސްގަތުންމަށް ހުޅުވާލުމަކީ މަސްވެރިކަން ފުޅާކޮށް މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދާދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ މިބަދަލާއެކު މަސްގަންނަން ބޭނުންވެފައި ތިބި ފަރާތްތައް މިފުރުސަތުގެ ބޭނުންހިފައި މަސްވެރިންނަށް ލިބޭ އާމްދަނީ އަށް ހެޔޮބަދަލެއް އައުމަކީ ޕާޓީގެ އުންމީދެއް ކަމަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވުނު ފަހި ފުރުސަތެއް ކަމަށެވެ. އަދި ރާއްޖެއިން ކަޅުބިލަމަސް ގަންނަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވެސް ރާއްޖެއަށް އައިސް ފަސޭހަކަމާއެކު ދިވެހިން ބާނާމަސް ގަނެވޭނޭ އިންތިޒާމުތަކެއް ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމާއި، ކަންނެލި ޖަގަހަތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މަގުފަހި ކޮއްދިނުމަކީ މަސްވެރިން ބާނާމަހަށް ހަމައަގު ހޯދާދިނުމަށް އިތުރަށް އެޅޭނެ މުހިންމު ފިޔަވަޅަކަށްވާނެތީ، މިކަމުގެ އިންތިޒާމުވެސް އަވަސް ފުރުސަތެއްގައި ސަރުކާރުގެ ފަރާތުން ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

މަސްވެރިންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދީ މަސްވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ ފަރާތުން ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެޖެންޑާ-19ގައި ވައުދުވީ ފަދައިން 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނުގައި މަގުފަހިކޮއްފައިވާ ފަދައިން އެންމެ ފުރަތަމަ ގާއިމުކުރެވޭ ގޭދޮށު މަސް ފެކްޓްރީ އައްޑޫ ސިޓީގައި އެޅުމަށް ބަޔަކާ ހަވާލުކުރުމަކީ ވެސް ދިވެހި މަސްވެރިންނަށް ލިބުނު ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެމްޑީޕީން ބުނީ ގައުމަށް ދިމާވެފައިމިވާ މިދަތި ހާލަތުގައި މަސްވެރިން ބާނާ މަސް ކިރުމުގެ އިންތިޒާމާއި އެމަހަށް މަސްވެރިންނަށް ފައިސާ ލިބޭ އިންތިޒާމުތަށް ސަރުކާރުގެ ފަރާތުން ހަމަޖައްސާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނީ އުންމީދަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މަސައްކަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ ފެކްޓްރީ ތަކެއް ގާއިމުކުރެވި މަސްވެރިކަމުގެ ގިނަ އުފެއްދުންތަކެއް ރާއްޖެގައި އުފައްދައި އަދި ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓް ކުރެވި މަސްވެރިކަމުގެ ނަފާ މަސްވެރިންނަށް ލިބިގެންދާނެ ކަމަށެވެ.

އެމްޑީޕީގެ އުންމީދަކީ ދިވެހި މަސްވެރިން ބާނާމަހަށް ހަމައަގު ހޯދާދިނުމާއި މަސްވެރިންގެ ހައްގުގައި ސަރުކާރުން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ވެސް ފަސްޖެހުމެއްނެތި އެޅުން ކަމަށެވެ. އަދި މިކަންކަމުގައި ސަރުކާރަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީން އެމްޑީޕީން ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
50%
50%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ