ކ. މާލެ
|
4 ޖޫން 2020 | ބުރާސްފަތި 12:51
އެމްޑީޕީގެ ޕީޖީ ލީޑަރ ރައީސް ސޯލިހާއި ބައްދަލުކުރެއްވުން
އެމްޑީޕީގެ ޕީޖީ ލީޑަރ ރައީސް ސޯލިހާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ފަލަސުރުހީ
ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުން ވާނެ ގޮތަކާމެދު މަޝްވަރާ ކުރެވޭ: މެންބަރު އާޒިމް
 
ނިޒާމު ކަނޑައަޅެމުގެ ބާރު ލިބިފައި އޮންނާނީ ރައްޔިތުންނަށް
 
ނިޒާމު ބަދަލުކުރެވިއްޖެނަމަ ދައުލަތުގެ ހަރަދުތައް އެތައް ގުނައެއް ކުޑަކުރެވިގެން ދާނެ
 
ބަރުލަމާނީ ނިޒާމަށް މަސައްކަތް ކުރުމުގެ ފިކުރަކީ ފެށުނީއްސުރެ އެމްޑީޕީ ތެރޭގައި އޮންނަ ފިކުރެއް

ރިޔާސީ ނިޒާމު ތަޖުރިބާ ކުރެވިއްޖެކަމަށާއި ބަރުލަމާނީ ނިޒާމަކަށް ބަދަލަކުރުމުން ވާނެ ގޮތަކާއި މެދު އަބަދުވެސް އެމްޑީޕީގެ ތެރޭގައި މަޝްވަރާކުރެވެމުން ދާކަމަށް އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް މަސައްކަތް ކުރުމުގެ ފިކުރަކީ ފެށުނީއްސުރެ އެމްޑީޕީ ތެރޭގައި އޮންނަ ފިކުރެއްކަމަށާއި، އެކަމާއި ގުޅިގެން ގިނަ "ޑީބޭޓް"ތައް ކުރެވެމުން ދާކަމަށެވެ. އޭނާ ވިދާޅުވީ ރައްޖޭގައި މިހާރު ރިޔާސީ ނިޒާމު ތަޖުރިބާ ކުރެވިއްޖެކަމަށާއި ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރުމުން ދެން ވާނެ ގޮތަކާއި މެދު އަބަދުވެސް ވާހަކަ ދެކެވޭކަމަށެވެ. ނިޒާމު ބަދަލުކުރެވިއްޖެނަމަ ދައުލަތުގެ ޚަރަދުތައް އެތައް ގުނައެއް ކުޑަކުރެވިގެން ދާނެކަން މެންބަރު އާޒިމް ފާހަގަ ކުރެއްވި އެވެ.

އިތުރަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ވެރިކަމުގެ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުންނާއި، ސަރުކާރުންނާއި އަދި އެހެން ފަރާތަކުން ބޭނުންވި ކަމުގައި ވިޔަސް އެކަމުގައި ގޮތް ނިންމާނީ ރައްޔިތުންކަމަށެވެ. އާޒިމް ވިދާޅުވީ ސިޔާސީ ފަރާތްތަކުގެ މެދުގައި ޚިޔާލުތަފާތުވެމެއް އަޔަސް އަދި ފިކުރަށް ބަދަލެއް އަޔަސް ވެރިކަމުގެ ނިޒާމު ކަނޑައަޅެމުގެ ބާރު ލިބިފައި އޮންނާނީ ރައްޔިތުންނަށް ކަމަށާއި ރައްޔިތުން އެކަން އެގޮތައް ނިންމާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިއަދު އަޅުގަނޑުމެން ރިޔާސީ ނިޒާމު ތަޖުރިބާ ކޮށްފިން. އަޅުގަނޑުމެން އެ ކުރި ތަޖުރިބާގައި އެބަހުރި އަނެއްކާވެސް އެމްޑީޕީން އެއިރު ދައްކަމުން ދިޔަ ވިސްނުމުގެ ވާހަކަ، ހިނގާށޭ ބަރުލަމާނީއަކަށް މަސައްކަތް ކުރީމައި ދެން ވާ ގޮތެއްވެސް ބަލަން. ހަމަ ޔަގީނުން ވެސް ދައުލަތުގެ ހިންގުމުގެ ޚަރަދު އެތައް ގުނަޔަކަށް ތިރިވެގެން ދާނެ. މިއީ ޑިބޭޓް ކުރަމުން ދާ ވާހަކަތައް. އެހެންވީމައި އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މިކަން އަޅުގަނޑުމެން ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުން ބޭނުންވިޔަސް ސަރުކާރުން ބޭނުން ވިޔަސް އަދި އެހެން ފަރާތަކުން ބޭނުން ވިޔަސް މިކަން ނިމޭނީ އެއްގޮތަކަށް. އޭއީ ރައްޔިތުން ބޭނުންވާ ގޮތަށް.
އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް

ރާއްޖޭގައި އޮންނަންވާނީ ކޮން ނިޒާމެއްތޯ ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް އެހި އިރުގައިވެސް އެމްޑީޕީން މަސައްކަތް ކުރަމުން އައީ ބަރުލަމާނީ ނިޒާމު ގެނައުމަށެވެ. އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި، ގައުމެއް ހިންގައި މުޖުތަމައުއަށް ހަމަޖެހުން ގެންނަން އެންމެ ރަނގަޅު ނިޒާމަކީ ރިޔާސީ ނިޒާމު ނޫން ކަމަށް އެކި ފަހަރު މަތިން ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތް އިރު ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެކަން ކުރައްވަން ބޭނުންފުޅުވެ ވަޑައިގަތުމުން ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
17%
0%
83%
0%
0%
ކޮމެންޓް
5 ޖޫން 2020 | ހުކުރު 00:15
މުޖޫ
މީ ކުޅޭ ކުޅިވަރެއްތަ؟ ވާނެ ގޮތެއްބަލާލަން ނިޒާމް ބަދަލުކުރުން؟
4 ޖޫން 2020 | ބުރާސްފަތި 20:46
ދުރުމި
އެމްޑީޕީ އަކީ އަންނި އެކަނިތަ ؟
4 ޖޫން 2020 | ބުރާސްފަތި 19:53
އަހަންމަދު
ތިކަމާ އަދި 3 އަހަރު ފަހުން ވިސްނާ ރަތްޔިތުން ގު ބޯނުހައްދާ އެކި ގޮތްގޮތުން ތކުރާމަސައްކަތްއެ ބައެގޭ
4 ޖޫން 2020 | ބުރާސްފަތި 19:28
ބަކޮވާ
ރައްޔިތުން އޮތީ ކަނޑައަޅާފަ، ހާދަ އަންނި ވެރިކަމަށް ގެންނަން ބޭނުން ވެގެން އުޅޭ މީހެކޭ މީ!