އާދީއްތަ 12 ޖުލައި 2020
12 ފުނޯސް
1441 ޒުލްގައިދާ 21
ފަތިސް 04:42
އިރުއަރާ 06:00
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީ

ކުރިއަށް އޮތް ހަފުތާތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ މަސައްކަތެއް އޮންލައިން ކުރަނީ

  • ޖޫން މަހުގެ 8 ވަނަ ދުވަހު އެ ޚިދުމަތްތައް ލޯންޗު ކުރުމަށް ދަނީ މަސައްކަތް ކުރަމުން
  • އެއީ ބުދަ ދުވަހު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ނިންމަވާފައިވާ ނިންމުމެެއް
  • ރީޖަނަލް އެއާޕޯޓްގެ ޚިދުމަތްތައްވެސް މެދުނުކެނޑި ކުރިއަށްދޭ

ކ. މާލެ | 4 ޖޫން 2020 | ބުރާސްފަތި 11:59 | 4,531

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މިހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު ހުރިހާ ޚިދުމަތެއް އޮންލައިން ކުރުމަށް ދަނީ މަސައްކަތް ކުރަމުން - ރާއްޖެއެމްވީ

ޓްރާންސްޕޯޓް އޮތޯރިޓީން ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އޮންލައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބުނެފި އެވެ.

ބުދަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޒުހައިރު ވިދާޅުވީ، ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރިއަށް އޮތް ހަފުތާ ތެރޭގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ހުރިހާ ޚިދުމަތެއްވެސް އޮންލައިން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޒުހައިރު ވިދާޅުވީ، ހުރިހާ ޚިދުމަތެއް އޮންލައިން ކުރުމަށް ބުދަ ދުވަހު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ނިންމަވާފައި ވާއިރު، އެކަމުގެ ސަބަބުން ޚިދުމަތްތައްވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށެވެ. އަދި ލޮކްޑައުން ނިމުނު ކަމުގައިވިޔަސް، މިިނިސްޓްރީއަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދާވާކަމަށް ޒުހައިރު ވިދާޅުވި އެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، މިހިނގާ ޖޫން މަހުގެ 8 ވަނަ ދުވަހު އެ ޚިދުމަތްތައް ލޯންޗު ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެނޫންވެސް ސިވިލް އޭވިއޭޝަނާއި، ރީޖަނަލް އެއަރޕޯޓުގެ ޚިދުމަތްތައް ވެސް މެދުނުކެނޑި ކުރިއަށްދާކަން ޒުހައިރު ފާހަގަ ކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކާއި، ސަރުކާރު ކުންފުނިތަކުގެ ގިނަ ޚިދުމަތްތައް ވަނީ އޮންލައިން ކުރެވިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.