ހޮނިހިރު 11 ޖުލައި 2020
11 ފުނޯސް
1441 ޒުލްގައިދާ 20
ފަތިސް 04:42
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ބޭނުންޖެހިފައިވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށ

ޖެންޑަރ މިނިސްޓްރީއާ ގުޅިގެން، ބޭނުން ޖެހިފައިވާ އާއިލާތަކަށް އެސްޓީއޯއާ މިފްކޯއިން އެހީތެރިކަން ފޯރުކޮށްދީފި

  • ލޮކްޑައުންގެ މި މުއްދަތުގައި ބޭނުން ޖެހިފައިވާ އާއިލާތަކަށް އެހީވާނެ
  • ޖެންޑަރ މިނިސްޓްރީން ވަނީ އެ ދެ ކުންފުންޏަށްވެސް ޝުކުރު އަދާކޮށްފަ
  • ޒަރޫރީ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދީފައިވޭ

ކ. މާލެ | 4 ޖޫން 2020 | ބުރާސްފަތި 07:52 | 3,948

އެސްޓީއޯއާއި މިފްކޯއިން ވަނީ މިވަގުތަށް ބޭނުންވާ ޒަރުރީ ކާބޯތަކެތި ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައި - ގެންޑާ މިނިސްޓްރީ

ކޮވިޑް-19 ގެ ސަބަބުން ދިރިއުޅުމުގެ އާންމު ޙާލަތަށް އަސަރުކޮށް، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޯޕަރޭޝަން (މިފްކޯ)އިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މެދުވެރިކޮށް އެ ދެ ކުންފުނިންވެސް އެހީތެރިކަން ފޯރުކޮށްދީފައި ވާއިރު، މިވަގުތަށް ބޭނުންވާ ޒަރޫރީ ތަކެތި ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ޖެންޑަރ މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، 'ލޮކްޑައުން' ގެ މި މުއްދަތުގައި ބޭނުން ޖެހިފައިވާ އާއިލާތަކަށް ޒަރޫރީ ކާބޯތަކެއްޗާއި ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އެސްޓީއޯއާއި މިފްކޯއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އެކަމަށްޓަކައި ޖެންޑަރ މިނިސްޓްރީން ވަނީ އެ ދެ ކުންފުންޏަށް ވެސް ޝުކުރު އަދާކޮށްފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް ޖެންޑަރ މިނިސްޓްރީން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ވާއިރު، 'ލޮކްޑައުން' ގެ ސަބަބުން ދިރިއުޅުމުގެ ޢާންމު ޙާލަތު ދަށް އާއިލާތަކަށްވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އެގޮތުން އެސްޓީއޯއާއި މިފްކޯއިން ފޯރުކޮށްދިން އެހީތެރިކަމަކީ މިނިސްޓްރީއާ ގުޅިގެން އެފަދަ ޢާއިލާތަކަށް މި ދަނޑިވަޅުގައި އެހީވުމަށް ކޮށްފައިވާ މަސައްކަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.