ކ. މާލެ
|
3 ޖޫން 2020 | ބުދަ 19:03
ޅ ނައިފަރު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން- އެއްވި މީހުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލާފައި
ޅ ނައިފަރު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން- އެއްވި މީހުން ވަނީ ރައީސް ޔާމީން ދޫކޮށްލުމަށްވެސް ގޮވާލާފައި
ކިއުންތެރިއެއް
ޅ ނައިފަރުގައި ކުރިއަށްދިޔަ މުޒާހަރާ
ނައިފަރުގައި ޕީޕީއެމް ސަޕޯޓަރުން ކުރިއަށްގެންދިޔަ މުޒާހަރާ ފުލުހުން ހުއްޓުވައިފި
 
ގަޑިއެއްހާއިރު ފަހުން ފުލުހުން އެ އެއްވުން ހުއްޓުވާފައިވޭ
 
އިހުތިޖާޖަށް ގާތްގަނޑަކަށް 100އެއްހާ މީހުން ނުކުމެފައިވޭ
 
ބުދަ ދުވަހުގެ ހަވީރު 4:45ށް ރަށުގައި އިހުތިޖާޖެއް ކުރުމަށް ނުކުތުމަށް ގޮވާލި

ޅ އަތޮޅު ނައިފަރުގައި އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ކުރިއަށް ގެންދިޔަ މުޒާހަރާ ފުލުހުން ހުއްޓުވައިފި އެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނައިފަރު ކައުންސިލުގެ ރައީސް މުޙައްމަދު ކާރިމް ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސަޕޯޓަރުން ބުދަ ދުވަހުގެ ހަވީރު 4:45ށް ރަށުގައި އިހުތިޖާޖެއް ކުރުމަށް ނުކުތުމަށް ގޮވާލާފައި ވާއިރު، އިހުތިޖާޖަށް ގާތްގަނޑަކަށް 100އެއްހާ މީހުން ނުކުމެފައިވާ ކަމަށެވެ.

އެގޮތުން ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ގިނަ މީހުން އެއްވެ އުޅުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިންނާއި، ކަމާބެހޭ ޞިއްޙީ މާހިރުންވެސް މަނާ ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި އިހުތިޖާޖު ކުރަން ނުކުތުމުން އެކަމުގެ ކަންބޮޑުވުން ރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ވަނީ ހިއްސާކޮށްފަ އެވެ.

ޅ ނައިފަރު ރައްޔިތުން ކުރި މުޒާހަރާގެ ތެރެއިން

ކައުންސިލުން ބުނީ، ގަޑިއެއްހާއިރު ފަހުން ފުލުހުން އެ އެއްވުން ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއްވުމުގެ ތެރެއިން އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރު ރައްޔިތުން މުޒާހަރާ ކޮށްފައި ވަނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްއަށް މަޖިލިސް ޖަލްސާގައި އަނިޔާ ލިބިފައިވާކަމަށް ބުނެ، އެކަމަށް އިންސާފު ހޯދައިދިނުމަށް އެދިއެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާގެ ކުށް ސާބިތުވެ ޖަލު ޙުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދޫކޮށްލެއްވުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
28%
6%
0%
56%
11%
0%
ކޮމެންޓް
5 ޖޫން 2020 | ހުކުރު 12:08
ތީ ކަނޑައެޅިގެން ދޮގެއް! ކައުންސިލް ރައީސް ކާރިމް އަކީ އާއްމުކޮށް މީޑިއާ އަށް ދޮގު މައުލޫމާތު ދޭ މީހެއް! ފުލުހުން ނުހުއްޓުވާ އެއްވުމެއް!
4 ޖޫން 2020 | ބުރާސްފަތި 17:05
ސީމާ
ދެލޯ ކަނު މީހެއްތަ މިހަ ބަރު ލިޔުނީ، ދެން ކޮމެންޓް ނުޖަހާތި ބިރުން
4 ޖޫން 2020 | ބުރާސްފަތި 14:16
ޢަހުމަދު
ޔާމީނަކީވައްކަމުގެކުއްސާބިތުވެޖަލައްލާފައިވާމީހެއް އެހެންހަމަ ދޫކުރެވޭތައެހެންވިއްޔާޖަލުގަތިބި އެންމެންދޫކުރަންޖެހޭނެ
ގުޅުންހުރި
މިމައްސަރަކީ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމަށް ލިބޭ ފުރުސަތެއް، ރޭއަޅުކަންކުރުން އިތުރުކުރޭ: ޚުތުބާ
ދައުލަތުގެ މުވައްޒަފަކާ ގުޅުންހުރި ފަރާތަކާއެކު ވިޔަފާރީގެ މުޢާމަލާތް ކުރެވޭނެ ގޮތްތައް ބަޔާންކޮށް އުސޫލެއް ނެރެފި
ފުލުހުންގެ ހިދުމަތަށް 91 އަހަރު - މިދިޔަ 5 އަހަރަކީ ފުލުހުންގެ ތަރައްގީއަށް އެންމެ ގިނަ މަސައްކަތްކުރެވުނު 5 އަހަރު
ފައްޔާޒު ފުލުހަށް ހާޒިރުކުރުން: މިއީ އަނިޔާވެރިކަމުގެ ފެށުންތަ؟
މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރުމުގެ ތުހުމުގައި މީހަކު ބަންދުކޮށްފި
ސަރުކާރު ބަންދު ގިނަ ދުވަސްތަކެއް އަންނާތީ، މުއްދަތު ހަމާވާ ލައިސެންސްތަކުގެ ތާރީހުތަކަށް ބަދަލުތަކެއް
އެންމެ ޒަމާނީ ވަސީލަތްތައް ހޯދައި، ސިފައިންގެ ގާބިލުކަން އިތުރުކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރު
ތުއްތުކުދިން ޤުރުއާނަށް ލޯބިޖެއްސުމަށް ޤުރުއާން މުބާރާތްތައް ކުރިޔަށް ގެންދިއުމަކީ މުހިންމުކަމެއް - ފަސްޓްލޭޑީ ސާޖިދާ