ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
އިލެކްޝަންސް ކޮމިޝަން

ކޮވިޑް-19: އިލެކްޝަންސް ކޮމިޝަން ހަފުތާއަކު ދެ ދުވަހު ހުޅުވަނީ

  • އެންމެފަހުން އިލެކްޝަންސްއިން ކުރަމުންދިޔަ މަސައްކަތަކީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމުގެ މަސައްކަތް
  • ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ލޯކަލް ކައުންސިލްތަކުގެ އިންތިހާބު މިވަނީ ފަސްކޮށްފަ

ކ. މާލެ | 3 ޖޫން 2020 | ބުދަ 19:07 | 3,240

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށް ކުރަމުންދިޔަ މަސައްކަތް މިވަނީ ކޮވިޑް-19އާ ގުޅިގެން މަޑު ޖައްސާލަންޖެހިފަ - ޔޫސުފް ސޮފްވާން ރަޝީދު

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އިލެކްޝަންސް ކޮމިޝަން ހަފުތާއަކު ދެ ދުވަހު ހުޅުވުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ކޮވިޑް-19އާ ގުޅިގެން އިއުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން 31 މެއި 2020ން ފެށިގެން 11 ޖޫން 2020 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނިންމާފައިވާތީ، އެ މުއްދަތުގެ ތެރޭގައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ކޮންމެ ހަފުތާއަކު ހޯމަ، އަދި ބުދަ ދުވަހެއްގެ 11:00ން ފެށިގެން 14:00ށް އިލެކްޝަންސް ކޮމިޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ސަރުކާރު އޮފީސްތަކާއި ޢާންމު ފަރާތްތަކުން އެކޮމިޝަނަށް ފޮނުވަން ޖެހޭ ލިޔެކިޔުންތައް ކޮމިޝަނުގެ އީމެއިލް އަދި އީ-ގަވަރމަންޓް (ޖެމްސް) [email protected] މެދުވެރިކޮށް ފޮނުއްވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

އިލެކްޝަަންސް ކޮމިޝަނުން އެންމެ ފަހުން ކުރަމުންދިޔަ މަސައްކަތަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ކުރަމުންދިޔަ މަސައްކަތެވެ. ނަމަވެސް އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ނިންމި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު މިވަނީ، ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެމުންދިއުމާ ގުޅިގެން ވަކި ތާރީޚެއް ނެތްގޮތަށް ފަސްކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.