ކ. މާލެ
|
3 ޖޫން 2020 | ބުދަ 14:55
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު
ރާއްޖެއެމްވީ
ޓެލިކިލާސްތަކާއި ގޫގުލްކިލާސްތައް
ޓެލިކިލާސްތަކާއި ގޫގުލްކިލާސްތައް ކުރިއަށްދާއިރު، ބެލެނެވެރިންގެ ދައުރު ވަރަށް ބޮޑު: އެޑިއުކޭޝަން
 
ސްކޫލްތައް ހުޅުވޭއިރު، ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ
 
ދަރިވަރުން ޝައުގުވެރިވާނެ ގޮތަކަށް ކަންކަން ހަމަޖައްސަން ޖެހޭ
 
ގޭގައި ތިބެގެން ކިޔަވާއިރު، ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ

ކޮވިޑް-19 ރޯގާ ރާއްޖެއިން ފެނި، ފެތުރެން ފެށުމާއި ގުޅިގެން ރާއްޖޭގެ ސްކޫލްތައް ބަންދުކޮށް، ޓެލިކިލާސްތަކާއި ގޫގުލްކިލާސްތައް ކުރިއަށްދާއިރު، ދަރިވަމުން އެކަމަށް ތައްޔާރުކޮށް، އެވަގުތަކީ ސީދާ އެދަރިވަރު ކްލާހުގައި އިންނަ ވަގުތެއްކަމަށް ދެކި، އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު އާތިޔާ ނަސީރު އިލްތިމާސްކުރައްވައިފި އެވެ.

ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް މައުލޫމާތުދެއްވަމުން އާތިޔާ ވިދާޅުވީ، ސްކޫލްތަކަށް ދަރިވަރުން އައިސް ކިޔެވުމާއި ގޭގައި ތިބެގެން، ޓެލިކިލާސްތަކާއި ގޫގުލްކިލާސްތައް މެދުވެރިކޯށް ކިޔެވުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށެވެ. އަދި ގޭގައި ތިބެގެން އޮންލައިންކޮށް، ކިޔަވައިދޭއިރު ދަރިވަރުންގެ ޝައުގުވެރިކަން ހުންނަ މިންވަރު އެއްގޮތަކަށްވެސް އެސެސް ނުކުރެވޭ ކަމަށް އާތިޔާ ވިދާޅުވި އެވެ. ނަމަވެސް ސްކޫލްތަކަށް ގޮސް ދަރިވަރުން ކިޔަވާ ކިޔެވުމަކީ، ޓްރެއިނިންގ އެއް ކަމަށާއި މުޖުތަމައު ބަލައިގަންނަ، ހަރުދަނާ ބަޔަކަށް ހެދުމުގައި ސްކޫލްތަކުގެ ދައުރު ވަރަށް ބޮޑު ކަމަށް އާތިޔާ ވިދާޅުވި އެވެ.

އާތިޔާ ވިދާޅުވީ، ޓެލިކިލާސްތަކާއި ގޫގުލްކިލާސްތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި އަމަލުކުރަންވީ، ސްކޫލަށް ދަރިވަރުން ފޮނުވާއިރު، ސަމާލުކަން ދޭންވީ ކަންކަމުގެ މައްޗަށް ކަމަށެވެ. އެގޮތުން ޓެލިކިލާސްތަކާއި ގޫގުލްކިލާސްތަކުގެ ކިޔެވުން ފެށޭއިރު، އެދަރިވަރުން ކިޔެވުމަށް ބޭނުންވާ އަދި އެކަމަށް ޝައުގުވެރިވާނެ ގޮތަކަށް ކަންކަން ހަމަޖެއްސުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އާތިޔާ ވިދާޅުވި އެވެ.

ނަމަވެސް އާތިޔާ ވިދާޅުވީ، ގޭގައި ތިބެގެން ކިޔެވުމުގައި ހާާއްސަކޮށް މާލޭގައި ދަތިތަކެއް އުޅޭކަން ފާހަގަ ކުރެވޭކަމަށެވެ. ދިރިއުޅުމުގެ ދަތިތަކާއި ހާލަތުގެ ގޮތުން ދިމާވާ އުނދަގޫކަންކަން ހުންނާނެކަން ވެސް ގަބޫލްކުރައްވާ ކަަމަށާއި ނަމަވެސް ވީހާވެސް ބޮޑަށް ދަރިވަރުން ކިޔެވުމަށް ޝައުގުވެރިކުރުވޭނެ ގޮތަކަށް ކަންކަން ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް އާތިޔާ ވިދާޅުވި އެވެ.

އާތިޔާ ވިދާޅުވީ، ސްކޫލްތައް ހުޅުވޭއިރު، ހުޅުވާލެވޭނީ، ދަރިވަރުންނާއި ސްކޫލްތަކުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން ކަމަށެވެ. އެގޮތުން ސިއްހަތު ރައްކާތެރި ކުރުމުގެ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް އާތިޔާ ވިދާޅުވި އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
6%
72%
6%
0%
11%
6%
ކޮމެންޓް
4 ޖޫން 2020 | ބުރާސްފަތި 01:13
ޟިހާ
ކޮރަޕްޓް ބައެއް ތީ. ޕްރިންސިޕަލުންނަށް ނުހައްޤުން އޯޓީ ދީގެން ތި ތިބީ
3 ޖޫން 2020 | ބުދަ 23:52
ގޫގްލް ކްލާސްރޫމް ހިނގާއިރު ބެލެނިވެރިންވެސް ގޭގައި އޮފީސް މަސައްކަތް ކުރަމުންދާކަން ކޮންސިޑަރ ކުރުން ވަރަށް މުހިންމު!
3 ޖޫން 2020 | ބުދަ 18:26
ބބެބ ބެލެނިވެރިއެއް
ދެރައީ ކަރަންޓީން ފެސިލިޓީތަކުގައި މިތިި ބި ސްކޫލު ކުދިންނަށް ކިޔެވޭނެ ގޮތެއް މިނިސްޓްރީން ހައްދަވައިދެއްވާފައި ނުވާތީ.