ކ. މާލެ
|
3 ޖޫން 2020 | ބުދަ 00:16
ކޮވިޑުން ރައްކާތެރިވުމަށް މާސްކެއް އަޅައިގެން ހުރި މީހަކު: ވަލްނިރަބަލް މީހުންގެ އަދަދު ނިސްބަތުން މަދު
ކޮވިޑުން ރައްކާތެރިވުމަށް މާސްކެއް އަޅައިގެން ހުރި މީހަކު: ވަލްނިރަބަލް މީހުންގެ އަދަދު ނިސްބަތުން މަދު
ރާއްޖެއެމްވީ
ކޮވިޑް-19 ގެ ނުރައްކާ ބޮޑު ފަރާތްތައް
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް 67 މީހަކު ބައްޔަށް ވަލްނަރަބަލް
 
ރާއްޖެއިން ނިޔާވި ހަތް މީހުންނަކީ ބަލީގެ ނުރައްކާ ބޮޑު ފަރާތްތައް
 
މި 67 މީހުންގެ ތެރޭގައި 65 އަހަރުން މަތީގެ 28 ފަރާތެއް ހިމެނޭ
 
އެކްޓިވް ކޭސްތަކުގެ ތެރެއިން ވަލްނިރަބަލް މީހުންގެ އިންސައްތައަކީ 5.4

ދިވެހިރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން، ބަލީގެ ނުރައްކާ ބޮޑީ 67 މީހަކަށް ކަމަށް ހާމަކޮށްފި އެވެ.

މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 1841 މީހުންނާ އަޅާ ބަލާއިރު، ބަލީގެ ނުރައްކާ ބޮޑު މީހުންގެ އަދަދު ނިސްބަތުން ވަރަށް ކުޑަ އެވެ. މި ވަގުތުގެ އެކްޓިވް ކޭސްތަކުގެ ތެރެއިން މިއީ ގާތްގަނޑަކަށް 5.4 އިންސައްތަ އެވެ. ރާއްޖޭގައި މި ވަގުތު އެކްޓިވްކޮށް ފަރުވާދެމުން އަންނަ ކޮވިޑް ކޭސްތަކުގެ އަދަދަކީ 1224 އެވެ.

ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި 67 މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ އަދަދަކީ 28 އެވެ. ބާކީ ތިބި ފަރާތްތަކަކީ މިހާރުވެސް ހުރި ސިއްހީ މައްސަލަތަކާއި ގުޅިގެން ނުރައްކާ ބޮޑު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކެކެވެ. ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ ފަރާތްތަކަށާއި، ހަކުރު ބަލި އަދި ލޭގެ ޕްރެޝަރު މައްޗަށް ދާ ފަރާތްތަކުގެ އިތުރުން، ދާއިމީ އެހެނިހެން ބަލިތަކަށާއި ސިއްހީ މައްސަލަތައް ހުންނަ ފަރާތްތަކަށް މި ބަލީގެ ނުރައްކާ ބޮޑެވެ.

މި ބަލި ޖެހިގެން ރާއްޖެއިން ނިޔާވި މީހުންނަކީ ވެސް ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކެވެ. މިހާތަނަށް ނިޔާވި ހަތް މީހުންގެ ތެރެއިން ހަތަރު ދިވެހިންނަކީ އުމުރުން ދުވަސް ވުމުގެ ސަބަބުން ބަލީގެ ނުރައްކާ ބޮޑު ފަރާތްތަކެވެ. ނިޔާވި ތިން ބިދޭސީންގެ ތެރޭގައި ހިތުގެ ބަލި ހުންނަ ދެ ފަރާތަކާއި، ބަލި ޖެހިގެން ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ ފަރާތެއް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
14%
14%
71%
0%
0%
0%
ކޮމެންޓް