ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 23:21
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
ރާއްޖެއެމްވީ
ކޮވިޑް-19 ޓެސްޓް ކުރުން
އޭޑީކޭ އިން ކޮވިޑް ޓެސްޓެއް ހަދައިދެނީ 675ރ. އަށް
 
ރައްޔިތަކު އޭޑީކޭ ހޮސްޕިޓަލަށް ދިޔަނަމަވެސް ޓެސްޓެއް ނުކުރެވޭނެ
 
ޓެސްޓްތަކަށް ބިލު ކުރާނީ އައިޖީއެމްއެޗަށް
 
އޭޑީކޭއިން ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް މީގެކުރިން އެ ހޮސްޕިޓަލުން ވަނީ ބުނެފައި

އޭޑީކޭ ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓެއް ހަދައިދެނީ 675ރ. އަށް ކަމަށް ކޮވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.

މިވަގުތު ރާއްޖޭގައި އަމިއްލަ ފަރާތަކުން ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ ޚިދުމަތް ދެމުންގެންދަނީ އޭޑީކޭ އިންނެވެ. އޭޑީކޭ އިން ދުވާލަކު 500 ޓެސްޓް ހެދޭނެކަމަށް މީގެކުރިން އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އޭޑީކޭ ގެ އިތުރުން ކޮވިޑް ޓެސްޓް ކުރެވެނީ އައިޖީއެމްއެޗް ގެ ލެބޯޓްރީގެ އިތުރުން ފުލުހުންގެ ފޮރެންސިކް ލެބޯޓްރީންނެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭޑީކޭއިން ޓެސްޓް ކުރުމުގެ ކަންކަން ކުރިޔަށްދާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ ޓެސްޓްތަކަށް ބިލު ކުރާނީ އައިޖީއެމްއެޗް އަށް ކަމަށާއި އެހާ ހިސާބުން ފައިސާ ދެއްކުމުގެ ކަންތައް ކުރިއަށްދާނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ރައްޔިތުންގެ އަތުން އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށެވެ. އަދި ރައްޔިތަކު އޭޑީކޭ ހޮސްޕިޓަލަށް ދިޔަނަމަވެސް ޓެސްޓް ނުކުރެވޭނެ ކަމަށާއި އެ ހޮސްޕިޓަލުން ޓެސްޓް ކުރާނީ ހަމައެކަނި ސަރުކާރުން ދޭ ސާމްޕަލްތައް އެކަނި ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މިހާރު ސާމްޕަލް ނަގައިގެން ޓެސްޓްކުރުމުގައި އިސްކަންދެނީ ތަރުތީބަކަށް ނޫން ކަމަށާއި އޭގެ ބަދަލުގައި ދުވަސްވީ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ތެރެއިން އެއްގެއެއްގައި އެތައް ބަޔަކާ އެކީ އުޅޭ މީހުންނަށް އިސްކަންދޭ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
100%
0%
ކޮމެންޓް