އަންގާރަ 07 ޖުލައި 2020
07 ފުނޯސް
1441 ޒުލްގައިދާ 16
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ކޮވިޑް-19 ރާއްޖޭގެ ޙާލަތު

"ކޮވިޑް-19 ޖެހިގެން ނިޔާވި 7 ވަނަ މީހާގެ 'ވައިޓަލްސް' އެންމެ ފަހުން ޗެކްކުރި އިރުވެސް ހުރީ އާދައިގެ ގޮތަކަށް"

  • 33.24 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފައި
  • ރާއްޖެއިން 7 މީހަކު ވައިރަސް ޖެހިގެން މަރުވެފައިވޭ
  • ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގ ކުރިއަށްދޭ

ކ. މާލެ | 2 ޖޫން 2020 | އަންގާރަ 23:00 | 11,547

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް- މަބްރޫކު ވަނީ ނިޔާވި މީހާގެ ތަފްސީލުތައް ހިއްސާ ކުރައްވާފައި - ރައީސް އޮފީސް

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ނިޔާވި 7 ވަނަ މީހާގެ ވައިޓަލްސް އެންމެ ފަހުން ޗެކްކުރި އިރުވެސް ހުރީ އާދައިގެ ގޮތަކަށް ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ، އަންގާރަ ދުވަހު ނިޔާވި މީހާގެ ވައިޓަލްސް ޑޮކްޓަރުން އެންމެ ފަހުން ޗެކްކުރިއިރު ވެސް ހުރީ އާދައިގެ ގޮތަކަށް ކަމަށެވެ.

މަބްރޫކު ވިދާޅުވީ، އޭނާއަކީ އުމުރުން ދުވަސްވީ މީހެއް ކަމަށާއި، އެނދު ދާންމަތި ވެފައިވާ މީހެއް ކަމަށެވެ. އަދި އޭނާ ނިޔާވި އިރު އޮތީ އެޗްއައިއެޗް އައިސޮލޭޝަން ފެސިލިޓީގައިކަން ފާހަގަ ކުރައްވައި މަބްރޫކު ވިދާޅުވީ، އޭނާ ނިޔާވިކަން އެނގުނީ އަންގާރަ ދުވަހުގެ ހެނދުނު 06:00 ޖެހިއިރު ކަމަށެވެ. އަދި އެކަން އެނގުނީ އާންމުކޮށް ހޭލާ ގަޑިއަށް ނުހޭލައިގެން ބެލުމުންކަން މަބްރޫކު ފާހަގަ ކުރެއްވި އެވެ.

އަންގާރަ ދުވަހު ނިޔާވި މި މީހާއަކީ އުމުރުން 89 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ، ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 7 ވަނަ މީހާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.