ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 22:20
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ކޮވިޑް-19 އަށް ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
އިތުރު 120 މީހަކު ރަނގަޅުވެ ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 608ށް އަރައިފި
 
ރާއްޖެއިން މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 1841 މީހަކު ވަނީ ޕޮޒިޓިވްވެފަ
 
ފާއިތުވި 24 ގަޑިއިރު 120 މީހަކު ރަނގަޅުވެފައިވޭ
 
33.24 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފައި

ރާއްޖެއިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 608ށް އަރައިފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޓާސްކް ފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ ފާއިތުވި 24 ގަޑިއިރު 120 މީހަކު ރަނގަޅުވެފައިވާ ކަަމަށެވެ. މިއާއެކު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33.24 އިންސައްތަ މީހުން މިވަނީ ބަލިން ރަނގަޅުވެފަ އެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ މީހުންގެ ނިޞްބަތް ދުވާލަކަށް %27ށް އަރާފައިވާކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ވަނީ މީގެކުރިން ބުނެފަ އެވެ.

ރާއްޖެއިން މިހާތަނަށް އައިއިރު ކޮވިޑް-19 އަށް 1841 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެތެރެއިން ނިޔާވެފައި ވަނީ 7 މީހުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
100%
0%
0%
0%
0%
ކޮމެންޓް