ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 19:39
ޔުނިސެފުން ކުރިއަށް ގެންދިޔަ ވާރކްޝޮޕެއްގެ ތެރެއިން- ޔުނިސެފުން ދަނީ މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން
ޔުނިސެފުން ކުރިއަށް ގެންދިޔަ ވާރކްޝޮޕެއްގެ ތެރެއިން- ޔުނިސެފުން ދަނީ މިނިސްޓްރީއާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން
ރާއްޖެއެމްވީ
ކޮވިޑް-19 ތައުލީމީ ދާއިރާގެ ޙާލަތު
ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޔުނިސެފުން އެހީވަނީ
 
ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ހަރަކާތްތެރިވޭ
 
ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާ ކުރަމުންދޭ
 
ޔުނިސެފުން މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުންދޭ

ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުން ކުޑަކުރުމަށް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އަންގާރަ ދުވަހު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ޔުނިސެފުން މިނިސްޓްރީއާ ގުޅިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މުދައްރިސުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު ފޯރު ކޮށްދިނުމުގައިވެސް ޔުނިސެފުން އެހީވަމުންދާ ކަމަށެވެ. އެގޮތުން މުދައްރިސުންނަށް އަމާޒު ކޮށްގެން ޔުނިސެފުގެ އެހީތެރިކަމާއެކު ގޫގުލް ފޮރ އެޑިޔުކޭޝަން ތަމްރީނު ޕްރޮގުރާމެއް ފެށިގެން މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، ގޫގުލް ކްލާސްރޫމުގެ ބޭނުން ކޮށްގެން އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދިނުމުގައި ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ސްކޫލްތައް ބަންދު ކުރުމަށްފަހު ޓެލެކިލާސްތައް ކުރިއަށް ގެންދިއުމުގައި ދިމާވަމުން އައި ދަތިތައް ހައްލު ކުރުމުގެ ގޮތުން ނޭޝަނަލް އިންސްޓިޓިއުޓް ފޮރ އެޑިއުކޭޝަން-އެންއައިއީގައި ސްޓޫޑިއޯ ސެޓަޕެއް ޤާއިމުކޮށް އެކަމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަންވެސް ޔުނިސެފުން ފޯރުކޮށްދީފައިވާކަން މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

މިނިސްޓްރީން ބުނީ، ކޮވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއަށް ލިބޭ ގެއްލުންތައް ދިރާސާކޮށް، ތަޢުލިމީ ދާއިރާ ތައްޔާރު ކުރުމަށްޓަކައި ބޭނުންވާ ޕްލޭންތައް ހެދުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކޮންސަލްޓެންޓެއް ހޯއްދަވައި ދެއްވައި މި ޕްލޭން ފުރިހަމަ ކުރުމަށްޓަކައި ވެސް ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

އަދި ސްކޫލަށް ނުގޮސް ގޭގައި ތިބެން ޖެހުމާއި ކޮވިޑް-19 ގެ ފުރަބަންދުގެ ޙާލަތުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ނަފުސާނީ ގޮތުން ދިމާވާ މައްސަލަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވެސް ޔުނިސެފުން މުހިންމު ދައުރެއް އަދާކުރާކަން މިނިސްޓްރީން ފާހަގަ ކުރިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
100%
ކޮމެންޓް