ކ. މާލެ
|
2 ޖޫން 2020 | އަންގާރަ 16:41
މިދިއަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބައެއް ފަރާތްތަކުން މަރުހަބާ ކިޔަނީ
މިދިއަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބައެއް ފަރާތްތަކުން މަރުހަބާ ކިޔަނީ
ޔޫސުފް ސޮފްވާން ރަޝީދު
ފަތުރުވެރިންގެ ރަމްޒީ ކައިވެނި
ފަތުރުވެރިންނަށް ރަމްޒީ ކައިވެނި ހަފުލާ ބޭއްވުން: ގަވާއިދާ ޚިލާފުވެއްޖެ ނަމަ 100،000ރ އިން ޖޫރިމަނާ ކުރުން!
 
މައްސަލައިގެ ކުޑަބޮޑު މިނަށް ބަލާފައި ޖޫރިމަނާ ކުރުމަށްފަހު، ދީފައިވާ ހުއްދަ ބާޠިލް ވެސް ކުރެވިދާނެ
 
ގަވާއިދުގައި ބުނަނީ ޖޫރިމަނާ ކުރެވޭނީ 100،000ރ އަށްވުރެ ބޮޑު ނޫން އަދަދަކުން ކަމަށް

ފަތުރުވެރިން ކައިވެނީގެ ރަމްޒީ ހަފުލާ ބޭއްވުމާ ބެހޭ ޤަވާއިދާ ޚިލާފުވެއްޖެ ނަމަ، 100،000ރ އަށްވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިނަމާ ކުރުމަށް ނިންމައިފި އެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން، ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަނުން ދޭ ޚިދުމަތްތަކުގެ ފެންވަރު ކަނޑައެޅުމަށް، އެ މާއްދާއިން ލިބިދޭ އިޚުތިޔާރުގެ ދަށުން، ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށް އެ ތަންތަނުގައި ރަމްޒީ ކައިވެނީގެ ހަފުލާތައް ބޭއްވުމާ ބެހޭ އުސޫލު ކަނޑައެޅުމަށްޓަކައި ހަދާފައިވާ ޤަވާއިދުގައި ބުނެފައިވާ ގޮތުގައި، މި ޤަވާއިދާއި ޚިލާފުވާ ކޮންމެ ފަހަރަކު، 100،000ރ (އެއްލައްކަ ރުފިޔާ)އަށް ވުރެ ބޮޑު ނޫން ޢަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރުމާއެކު، އެކަމުގެ ކުޑަބޮޑުމިނަށް ބަލައި މި ޤަވާއިދުގެ ދަށުން ދީފައިވާ ހުއްދަ ބާޠިލު ކުރުމުގެ އިޚުތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ.

މި ޤަވާއިދުގައި ބުނެފައިވާ ގޮތުގައި، ރަމްޒީ ކައިވެނީގެ ހަފުލާއެއް ބާއްވާ ކޮންމެ ތަނެއްގައި ވެސް، ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީވެފައިވާ ރަމްޒީ ކައިވެނީގެ ހަފުލާ ބާއްވައި ދޭނެ ރަމްޒީ މައުޒޫނެއް ނުވަތަ މައުޒޫނުން ރަޖިސްޓަރީވެފައި ތިބެންޖެހެ އެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި، ފަތުރުވެރިންނަށް ރަމްޒީ ކައިވެނީގެ ހަފުލާ ބޭއްވޭނީ، ޓޫރިޒަމާ ބެހޭ މިނިސްޓްރީގައި ރަޖިސްޓަރީކޮށް، އޮޕަރޭޓްކުރުމުގެ ހުއްދަ ލިބިފައިވާ ޓޫރިސްޓް ރިޒޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ޔޮޓް މެރީނާ، އަދި ޓޫރިސްޓް އުޅަނދުފަހަރުގަ އެވެ.

ރަމްޒީ ކައިވެނީގެ ހަފުލާތަކުގައި ރަމްޒީ މައުޒޫން ކިޔައިދޭ ނަޞޭހަތުގެ ބަސްކޮޅު، ހަފުލާ ބޭއްވުމަށް އެދޭ ފަރާތް އިޚުތިޔާރު ކުރާ ބަހަކުން ކިއިދާނެ ކަމަށާއި، އަދި ނަޞޭޙަތުގެ ބަސްކޮޅާއި ރަމްޒީ ކައިވެންޏާ ގުޅޭ ކަންކަން ރިސޯޓުގެ މެނޭޖްމަންޓަށް ހުށަހަޅައިގެން ފާސްކުރަން ޖެހެއެވެ. އަދި ރަމްޒީ ކައިވެނި ހަފުލާތައް އަޑާއެކު ވީޑިއޯކުރަންވެސް ޖެހެއެވެ. އަދި އެ ވީޑިއޯ ރަމްޒީ ކައިވެނި ކުރި ފަތުރުވެރިންގެ ހުއްދަ ލިޔުމުން ލިބިގެން ނޫންގޮތަކަށް އެއްވެސް ގޮތަކަށް ވީޑިއޯ ބޭނުންކޮށް، ޢާންމުކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ޤާވާއިދުގައި ރަމްޒީ ކައިވެނި ކުރާ ފަތުރުވެރިންގެ ހައްޤުތައް ރައްކާތެރިކުރުމުގައި ވަރަށް ބޮޑު އިސްކަމެއް ދެއްވާފައި ވެއެވެ.

މީގެ އަހަރުތަކެއް ކުރިން، ޓޫރިސްޓް ރިސޯޓެގައި ރަމްޒީ ކައިވެނި ކުރި ފަތުރުވެރިންގެ ކައިވެނި ހަފުލާއެއްގައި ނަޞޭޙަތުގެ ބަސްކޮޅުގައި، ދިވެހި ބަހުން، ބޭއަދަބީ ބަސްތައް ބޭނުންކޮށް، އަދި އެ ވީޑިއޯ ޢާންމުވުމާއި ގުޅިގެން، ރާއްޖޭގެ ޓޫރިޒަމަށް ނޭދެވޭ އަސަރުތަކެއް ކޮށްފައި ވެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
40%
40%
0%
20%
0%
0%
ކޮމެންޓް