ކ. މާލެ
|
1 ޖޫން 2020 | ހޯމަ 19:03
ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު
ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާން، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު
ޕޮލިސް
ފުލުހުންގެ ސްޕޯކްސްޕާސަން
ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާނު، އިޒްމިއާ މަގާމުން ދުރުކޮށް، އެ މަގާމަށް އެހެން މީހަކު ހަމަޖައްސައިފި!
 
މިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުވެސް ވަނީ އިޒްމިއާ ކުރެއްވި މަސައްކަތަށް ޝުކުރުއަދާކުރައްވާފަ
 
ލުހުންނާއި މީޑިއާތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް އިޒްމިއާ ކުރައްވާފައިވާ އަގުހުރި މަސައްކަތައް ޝުކުރު އަދާކޮށްފައިވޭ
 
ވަގުތީ ގޮތުން އެ މަގާމު ހަވާލުކޮށްފައިވަނީ ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހްއާއި

ފުލުހުންގެ ފުރަތަމަ އަންހެން ތަރުޖަމާނު، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ ޒާހިރު މަޤާމުން ދުރުކޮށް، އެ މަޤާމަށް އެހެން މީހަކު ހަމަޖައްސައިފި އެވެ.

ފުލުހުން ބުނެފައި ވަނީ، ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ތަރުޖަމާނުކަމުގެ މަޤާމާއި ވަގުތީ ގޮތުން، ޗީޕް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ޞަބާޙާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި ބަދަލާއެކު ޕޮލިސް މީޑިއާ ސެންޓަރުގެ މީޑިއާ ރިލޭޝަންސް އޮފިސަރގެ ޙައިޞިއްޔަތުން ދުވަހުން ދުވަހަށް މީޑިއާއަށް މަޢުލޫމާތު ދިނުމުގައި ޙަރަކާތްތެރި ވާނީ ފުލުހުންގެ ޗީޕް ސްޓޭޝަން އިންސްޕެކްޓަރ އާތިފާ ޙަސަންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ވަނީ، ފާއިތުވެގެން ދިޔަ ދޮޅު އަހަރެއްހާ ދުވަހު ފުލުހުންގެ ތަރުޖަމާނުގެ މަޤާމާއި ޙަވާލުވެ ހުންނެވި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިޒްމިއާ އަށް ނޫސްވެރިން ދެއްވި އެއްބާރުލުމަށާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ފުލުހުންނާއި މީޑިއާތަކާއި އޮންނަ ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް އިޒްމިއާ ކުރައްވާފައިވާ އަގުހުރި މަސައްކަތައް ޝުކުރު އަދާކޮށްފަ އެވެ.

އިޒްމިއާ ވަނީ ޓުވިޓަރ މެދުވެރިކޮށް، ފުލުހުންގެ މީޑިއާގެ ޓީމަށާއި އެކުގައި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ފުލުހުން ހާމަކަން ބޮޑު ގޮތަކަށް މަޢުލޫމާތު ފޯރުކޮށް ދިނުމުގައި ކުރިއެރުންތައް ލިބުނީ އެންމެންގެ އެއްބާރުލުމާއެކު ކަމަށާއި ދިމާވި ގޮންޖެހުންތަކާއި އެކުވެސް ފުލުހުންގެ މީޑިއާގެ މަސައްކަތް ކުރިއެރުވުމުގައި އެންމެނާއެކު މަސައްކަތް ކުރަން ލިބުމަކީ ލިބުނު ފަޚުރެއް ކަމަށެވެ. ކޮމިޝަނަރ އޮފް ޕޮލިސް މުޙަހައްމަދު ޙަމީދުވެސް ވަނީ އިޒްމިއާ ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފުލުހުން ބުނެފައި ވަނީ، މިހާރެކޭ އެއްގޮތަށް ދުވަހުން ދުވަހަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މީޑިއާ އޮފިޝަލުންނަށް ގުޅައިގެން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އަދި މި ގެނެވުނު ބަދަލަކީ ޢާންމު އުޞޫލުގެ މަތީން އިދާރީ ގޮތުން ގެނެވުނު ބަދަލެއް ކަމަށާއި އެހެން މަޤާމުތަކަށް ވެސް ބައެއް ކަހަލަ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
25%
0%
0%
50%
25%
ކޮމެންޓް