ކ. މާލެ
|
1 ޖޫން 2020 | ހޯމަ 13:49
ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި
ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި
ރައްޔިތުންގެ މަޖިލިސް
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް
ޔާމީން ޖަލަށް ލީ ނުހައްގުން ކަމަށް މައުމޫން އަކަށް ވިދާޅެއް ނުވެވޭނެ: ރައީސް ނަޝީދު
 
ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް

ރައީސް އަބްދުﷲ ޔާމީން ޖަލަށް ލީ ނުހައްގުންކަމަށް ރައީސް މައުމޫން އަބްދުލްޤައްޔޫމަށް ވިދާޅެއް ނުވެވޭނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ ކުރީގެ ރައީސް ޔާމީނަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއްކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެބޭފުޅާ މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމްގެ ނައިބު ރައީސް، އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޢައްސާން މައުމޫން މެއި މަހުގެ 30 ވަނަ ދުވަހު ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޔާމީން މިނިވަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަމަށާއި، ޖަލަށް ލައިފައިވަނީ ނުހައްގުން ކަަމަށެވެ.

ޢައްސާން ވިދާޅުވީ މިނިވަންކޮށް ޔާމީން ވެރިކަމަށް ގެނައުމުގެ މަސައްކަތް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފާޅުކަން ބޮޑުކޮށް ކެރިގެން ކުރަމުން އަންނަކަމަށެވެ.

ޢައްސާންގެ އެ ވާހަކަތަކާއި ގުޅިގެން ޢައްސާނަށް ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. އެގޮތުން، ޔާމީންގެ ބޭބޭފުޅު އަދި ޢައްސާންގެ ބައްޕާފުޅު ޔާމީންގެ ވެރިކަމުގައި ބޮޑެތި ތުހުމަތުތަކާއެކު އުމުރުފުޅުން 82 އަހަރުފުޅުގައި ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ބަންދުކުރި އިރުވެސް ބައްޕާފުޅުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.

ޢައްސާން ކުރެއްވި ޓުވީޓައް ރިޕްލައި ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވަނީ ހަމަ އެފަދައިން ޔާމީންގެ ވެރިކަމުގައި ނުހައްގުން ޖަލަށް ލެވުނު ޢައްސާންގެ ބައްޕާފުޅު އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މެމްބަރު ޢައްސާންގެ ބޭބޭފުޅު ފާރިސް މައުމޫންގެ ދިފާއުގައި ބަހެއް ބުނަން ނުކެރުނީ ކީއްވެތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

ޢައްސާން ވިދާޅުވީ އެކަން މިނިސްޓަރުންގެ ނޯ ކޮންފިޑެންސް ވޯޓާއިއެކު ކޯލިޝަން މުގުރުމުން ފެންނާނެކަމަށެވެ. އެމްއާރްއެމްގެ ސްލޮޓްގައި ވަޒީރުކަން ކުރައްވަމުން އަންނަ ކުރީގެ ރައީސް މައުމޫންގެ ކޮއްކޯފުޅުގެ ދަރިކަނބަލުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު މަގާމުން ވަކި ކުރުމަށް ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުން ގޮވާލަމުން ދާއިރު، ޢައްސާން ވަނީ ނުސީދާ ގޮތެއްގައި ހުރިހާ ކޯލިޝަންއަކީ ތެލާއި ފެނުގެ ގުޅުމެއްކަމަށާއި އާއިލީ ގުޅުން މާ ވަރުގަދަ ވާނެކަމަށް ވިދާޅުވެފައެވެ.

ޣައްސާންގެ ޓުވީޓުތަކާއި ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލާފައިވަނީ ނުހައްގުން ކަމަށް ރައީސް މައުމޫނަކަށް ވިދާޅުނުވެވޭނެ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
80%
0%
0%
20%
0%
ކޮމެންޓް