ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ދައުވާ ކުރުމަށް 45 މައްސަލަ ފޮނުވުން

ފުރަބަންދުގެ މިހާލަތުގައި 45 މައްސަލައެއްގައި ދައުވާ ކުރުމަށް، އޮންލައިންކޮށް ފޮނުވާފައިވާނެ: ޕީޖީ ޝަމީމު

  • ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކުރި މިދަނޑިވަޅުގައިވެސް، 45 ކޭސް ކްރިމިނަލް ކޯޓަށް ދައުވާ ކުރުމަށް ފޮނުވާފައިވޭ
  • ހުރިހާ ލިޔެކިޔުމެއް ފޮނުވީ، ކޯޓަށް ވަޑައިނުގަތް، އޮންލައިންކޮށް
  • މިއީ ޚަރަދާއި ވަގުތު ސަލާމަތްކުރަން، ކުރިއަށް އޮތްތާނގައިވެސް އަމަލުކުރަން ރަނގަޅު އިންތިޒާމެއް

ކ. މާލެ | 1 ޖޫން 2020 | ހޯމަ 13:39 | 2,570

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު - ރައީސް އޮފީސް

ކޮވިޑް-19 ރޯގާ ރާއްޖޭގައި ފެތުރެން ފެށުމާއެކު މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާ މިދަނޑިވަޅުގައިވެސް އަދުލް އިންސާފު ގާއިމުކުރުމުގައި ދިމާވާ ހުރަސްތައް ނައްތާލައި، އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެއްވޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެ އެވެ.

ޕީޖީ ޝަމީމު ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ރޯގާއާއި ގުޅިގެން މާލެ ސަހަރައްދު ފުރަބަންދު ކޮށްފައިވާ މިދަނޑުވަޅުގައިވެސް ޕީޖީ އޮފީހުން، ކްރިމިނަލް ކޯޓަށް 45 ކޭސް ދައުވާ ކުރުމަށް ފޮނުވާފައިވާ ކަމަށެވެ.

ޝަމީމު ވިދާޅުވީ، އެކޭސް ތަކާއި ގުޅޭ 77 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވަންޖެހޭ ހުރިހާ ލިޔެކިޔުންތަކެއް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، ކްރިމިނަލް ކޯޓަށް ހާޒިރުވުުގެ ބަދަލުގައި އޮންލައިންކޮށް ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ހުރިހާ ކޯޓުތަކަށް އޮންލައިންކޮށް ލިޔެކިޔުންތައް ބަދަލުކުރަން ޕީޖީ އޮފީސް އޮތީ ތައްޔާރަށް ކަމަށްވެސް ޝަމީމު ވިދާޅުވި އެވެ.

އޮންލައިންކޮށް، ކޯޓުތަކާއި ޖުޑީޝަރީ ދާއިރާގެ އިދާރާތަކާ ދެމެދު ލިޔެކިޔުންތައް ބަދަލުކުރުމާއި އަދި ވެބް ކޮންފަރެންސް މެދުވެރިކޮށް، ކުރިއަށްގެންދެވެން ހުރި ޝަރީއަތްތައް ކުރިއަށް ގެންދިއުމަކީ، ކޮވިޑް-19 ރޯގާއިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށްވާ އިޖުތިމާއީ ގައިދުރުކަން ގާއިމު ކުރެވޭ، އަދި ވަރަށް ރައްކާތެރި ގޮތެއްކަމަށް ޕީޖީ ޝަމީމު ވިދާޅުވި އެވެ. މީގެއިތުރުން، އޮންލައިންކޮށް، ލިޔެކިޔުންތައް ބަަދަލުކުރުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ހިންގޭނެ ޝަރީއަތްތައް ހިންގުމާއި، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަކީ، ޚަރަދުގެ ގޮތުންނާއި ވަގުތު ސަލާމަތް ކުރުމުގެ ގޮތުންވެސް ގާއިމުކުރަން ވަރަށް ރަނގަޅު އިންތިޒާމެއް ކަމަށް ޕީޖީ ޝަމީމު ވިދާޅުވި އެވެ.

ޕީޖީ ޝަމީމު ވިދާޅުވީ، އެންމެ އެކުގައި މަސައްކަތްކޮށް، ކޯޓުތަކަށް ވަޑައިގެން ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލު ކުރުމުގެ ބަދަލުގައި، އޮންލައިންކޮށް، ލިޔެކިޔުންތައް ހުށަހެޅުމާއި ލިޔެކިޔުންތައް ބަދަލުކުރުމަށް ބާރު އެޅުމަކީ މުސްތަގުބަލަށް ބަލާއިރު ރަނގަޅުކަމެއްގެ ގޮތުގައި ފެންނަ ކަމަށެވެ.

ކޮވިޑް-19 ރޯގާއާއި ގުޅިގެން، ދިރިއުޅުމުގެ އާދަތަކާއި އަދި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ގެންނަންޖެހިފައިވާ ބަދަލުތަކުގެ ތެރެއިން 'ނިއު ނޯމަލް' އާއި ގުޅޭގޮތުން ޕީޖީ ޝަމީމު ވަނީ އެކަމަށް ތާއީދު ކުރައްވައި، ތަކުރާރުކޮށް މީގެކުރިން ވާހަކަ ދައްކަވާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.