ކ. މާލެ
|
1 ޖޫން 2020 | ހޯމަ 12:35
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް - މިއީ 24 ގަޑިއިރު ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޗެނަލެއް
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް - މިއީ 24 ގަޑިއިރު ޚަބަރާއި މައުލޫމާތު ފޯރުކޮށްދޭ ޗެނަލެއް
ޙުސައިން މަޚްތޫމް
ރާއްޖެޓީވީ އެޗްޑީ ކުރުން
ރާއްޖެޓީވީ އެޗްޑީ ކޮށްފި
 
އިތުރަށް އޯޑިއަންސް ބޮޑުވެގެންދާނެ ކަމަށް އުންމީދުކުރޭ
 
އެޗްޑީ ކުރުމުގެ މަސައްކަތުގައި އުޅޭތާ ގާތްގަނޑަކަށް 4 އަހަރު ވެފައިވޭ
 
ރާއްޖެޓީވީ އެޗްޑީކޮށް ބްރޯޑަކާސްޓް ކުރަން ފެށީ ޖޫން 1 ވަނަ ދުވަހު

ރާއްޖެޓީވީ ހައި ޑެފިނިޝަން (އެޗްޑީ) ކޮށްފިއެވެ.

އެންމެ ބޮޑު އޯޑިއެންސްއެއް ލިބިފައިވާ ރާއްޖެޓީވީ އެޗްޑީކޮށް ބްރޯޑްކާސްޓްކުރަން ފެށީ ޖޫން މަހުގެ 1 ވަނަ ދުވަހު އެވެ.

އެގޮތުން ހޯމަ ދުވަހުގެ 6:00 ގެ ޚަބަރު ގެނެސްދީފައިވަނީ އެޗްޑީ ކޮށެވެ.

އެޗްޑީކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ރާއްޖެޓީވީގެ ޗީފް ޓެކްނިކަލް އޮފިސަރ އިސްމާއިލް ޖިނާހު ވިދާޅުވީ ރާއްޖެޓީވީ އެޗްޑީކުރުމުގެ މަސައްކަތުގައި އުޅޭތާ ގާތްގަނޑަކަށް 4 އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް ދިމާވާ އެކި ގޮންޖެހުންތަކުގެ ސަބަބުން މަސައްކަތް ހުއްޓޭކަމަށް ޖިނާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮވިޑް-19ގެ ޕެންޑަމިކް އައުމާ ގުޅިގެންވެސް ބައެއް އިކުޕްމެންޓްތައް ލިބުމުގައި ދަތިވެ މަސައްކަތަށް ބުރޫއެރި ކަމަށެވެ.

ޖިނާހު ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖެޓީވީ ބެލުންތެރިންނާ ހަމައަށް ގެނެސްދޭ ޕްރޮގްރާމްތަކާއި ޚަބަރުތައް އެންމެ ކޮލިޓީ ފެންވަރުގައި ގެނެސްދިނުމަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ 4k އަށް ގެނައުމަށް ކަމަށެވެ. އަދި މިހާރު މިގެނެވުނު ބަދަލާއެކު އިތުރަށް އޯޑިއަންސް ބޮޑުވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް ޖިނާހު ވިދާޅުވިއެވެ.

މީގެ އިތުރުން ޖިނާހު ވިދާޅުވީ މިމަސައްކަތް ކުރުމުގެ ފުރިހަމަ އެއްބާރުލުމެއް ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސަލީމް (ސައްލެ) އަދި ޗެއަރމަން އަކްރަމް ކަމާލުއްދީން ދެއްވި ކަމަށާއި، ހުރިހާ މަސައްކަތްތަކެއް ކުރިއަށް ގެންދިޔައީ އެދެބޭފުޅުންގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ރާއްޖެޓީވީގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކޮށް ޖިނާހު ވަނީ އެމުވައްޒަފުންގެ މަސައްކަތަށްވެސް ތައުރީފްކޮށްފައެވެ.

އެޗްޑީކުރުމާ ގުޅިގެން ރާއްޖެޓީވީގެ މަންޒަރު އިތުރަށް ސާފުވާނެއެވެ. އަދި މިއީ އިތުރަށް ބެލުންތެރިންގެ މެދުގައި ޝައުގުވެރި ކުރުވާނެ ކަމަކަށްވާއިރު، ރާއްޖެޓީވީއަކީ 24 ގަޑިއިރު ޚަބަރާ މައުލޫމާތު ފޯރުކޮށްދޭ ބްރޯޑްކާސްޓިންގ މީޑިއާއެކެވެ.

2010 ވަނަ އަހަރުން ފެށިގެން ޚިދުމަތް ދޭން ފެށި ރާއްޖެޓީވީއަށް ވަނީ އެކި ގޮތްގޮތުން ގޮންޖެހުންތަކާ މީގެކުރިން ކުރިމަތިލާންޖެހިފަ އެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފާސްވެގެންދިޔަ އަބުރުގެ ޤާނޫނާއެކު އެކި ފަހަރު މަތިން ރާއްޖެޓީވީ ވަނީ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. އެކި ފަހަރު މަތިން ރާއްޖެޓީވީ ކުރި ޖޫރިމަނާގެ ޢަދަދު 3.7 މިލިއަން ރުފިޔާއަށް އަރައެވެ. މިފައިސާ ދައްކާފައިވަނީ މުއައްޒަފުންނާއި، ރާއްޖެޓީވީގެ ބެލުންތެރިންނާއި، ޢާންމު ރައްޔިތުންގެ މަސައްކަތުންނެވެ. އަދި ރާއްޖެ ޓީވީގެ ބައެއް ނޫސްވެރިން ވަނީ ޖަލަށްލާ ދައުވާވެސް ކޮށްފަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
2%
80%
0%
8%
2%
8%
ކޮމެންޓް
2 ޖޫން 2020 | އަންގާރަ 13:22
ކޮލިޓީ ދަށް!
2 ޖޫން 2020 | އަންގާރަ 08:43
އެޗްޑީ
ކޮލިޓީ ދަށް ކަމަކުނުދޭ
2 ޖޫން 2020 | އަންގާރަ 02:36
ސަލީމް
ކިހިނެއް އެނގެނީ ތިކަން އެންމެ ގިނަ މީހުން ބަލާ ޗެނަލަކީ
2 ޖޫން 2020 | އަންގާރަ 02:29
އަޅުގަޑުގެ ނަންބަރ 1 ޗެނަލް “ރާއްޖެޓީވީ” ވަރަށްބޮޑަށް ޝުކުރިއްޔާ
1 ޖޫން 2020 | ހޯމަ 23:29
އެޗްޑީ
ޗެނަލް ގެ ލޯގޯއަށް އެޗްޑީ އަރާފަ އިނީ. އެކަމަކު ކޮލެޓީ އަށް މާބޮޑު ބަދަލެއް ނާދޭ. ލޯގޯ ތިރީގަ އިން ގަޑީގަ އަރާފަ އިނީ 8 ކަމެއް 0 ކަމެއް ނޭންގޭ. އައިސް ޓީވީ އަކީ އަސްލު އެޗްޑީ ޗެނަލަކީ. ދެން ހުރީ ނަމެއްގަ އެޗްޑީ.
1 ޖޫން 2020 | ހޯމަ 16:28
ޢަހުމަދު
ޓިޔަކުރައްވާހިތްވަރައް އައްސަރިބަހާއިސާބަސްރައްޔިތުންގެޓީވީވަރައްސަޅިވީދޯ ސުކުރިއްޔާޓީމައް