ކ. މާލެ
|
1 ޖޫން 2020 | ހޯމަ 08:25
ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވާހަކަދައްކަވަނީ
ކޮވިޑް-19ގެ މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވާހަކަދައްކަވަނީ
އެންއީއޯސީ
އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ފުޅާކުރުން
ރީޖަނަލް މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިންމާލައިފި
 
މެޑިކަލް ސާމާނު ފޮނުވުމުގެ މަސައްކަތްތައް ދަނީ ކުރަމުން
 
އައްޑޫ ސިޓީ، އަދި މުވައްމުފުލަކުގައި ވެސް މެޑިކަލް ފެސިލިޓީ ގާއިމް ކޮށްފައިވޭ
 
ބ.އޭދަފުށި، ށ.ފުނަފޫ، ހއ.އިހަވަންދޫ، ގއ.ވިލިނގިލި އަދި ލ.ގަމުގައި ފެސިލިޓީ ގާއިމްކޮށްފައިވޭ

ކޮވިޑް-19އާ ގުޅިގެން އަތޮޅުތެރޭގެ ސިއްހީ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން ގާއިމްކުރަން ފެށި ރީޖަނަލް މެޑިކަލް ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވާކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19ގައި ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެސިލިޓީތައް ގާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ބ. އޭދަފުށި، ށ. ފުނަފޫ، ހއ. އިހަވަންދޫ، ގއ. ވިލިނގިލި، ލ. ގަން، އައްޑޫ ސިޓީ، އަދި ފުވައްމުފުލަކު ގާއިމްކުރެވޭ ފެސިލިޓީތަކުގެ ސިވިލް މަސައްކަތްތައް އެއްކޮށް ނިމިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ދެން މިފެސިލިޓީތަކުގައި ބޭނުންވާ ބެކަޕް ޖެނެރޭޓަރު ހަރު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް އެބަދޭ. ހަމަމިއާއެކު މިތަންތަނަށް ފޮނުވަން ޖެހޭ އިކުޕްމެންޓް ސިއްހީ ފަރުވާ ދިނުމަށް ބޭނުންވާ އާލާތްތައް ފޮނުވުން ދެފިޔަވައްސަކަށް ބަހާލެވިގެން ކުރިއަށް ގެންދާ ގޮތަށް އޮތީ ރޭވިފައި. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ތަކެތި ފޮނުވުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާ ހިސާބަށް އައިއިރު ނިމިފައި މިވަނީ. ފުރަތަމަ ފިޔަވަހީގައި މިފޮނުވަނީ މެޑިކަލް އެކިއުޕްމެންޓް، މިސާލަކަށް ސީޓީޖީ މެޝިން، އީސީޖީ މެޝިން މިފަދަ ތަކެތި. ކޮންޒިއުމަބަލް މިތަންތަނަށް ބޭނުންވާ އެނދު އޮކްސިޖަން ސިލަންޑަރު، ޕީޕީއީ އަދި އިތުރު ފަރުނީޗަރުތައް. މިތަކެތި ފޮނުވުމަށް މަސައްކަތް ކުރެވެނީ އެސްޓީއޯގެ ޑިވަރީއަށް ބޭނުންކުރާ އުޅަނދުތައް ބޭނުން ކޮށްގެން.
ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް

ފެސިލިޓީތަކަށް ބޭނުންވާ މެޑިކަލް ސާމާނު ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިގޮތުން އުތުރުގެ ރަށްތައް ކަމަށްވާ ށ، ބ އަދި ހއ ފޮނުވަންޖެހޭ ތަކެތި މިހާރު ވަނީ ފޮނުވާ ނިމިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ ދެކުނުގެ އަތޮޅުތަކެއް ބަލާއިރު އައްޑޫ ސިޓީ، މުވައްފުލަކު، ވިލިނގިލި އަދި ގަމުގައި ގާއިމްކޮށްފައިވާ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ތަކެތި މިހާރު ވަނީ މާލެއިން އުޅަނދަކަށް ބަރު ކުރެވި ފުރުވާލެވިފައިވާ ކަމަށެވެ. އަދި އެތަކެތިވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެރަށްރަށުގެ އެފެސިލިޓީޓަކަށް ގެންދެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މިފެސިލިޓީތަކުގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ދޭން ފަށާއިރު ބޭނުންވާނެ ބޭސް އެބަހުރި ކަމަށާއި، މިތަންތަނަށް ބޭނުންވާ އިކިއުޕްމެންޓް ޕްރިޖްތައް ފަދަ އެއެއްޗެހި ހަރު ކުރުމަށްފަހު އެބޭސްތައް އެފެސިލިޓީތަކަށް ފޮނުވޭނެ ކަމަށެވެ.

އުންމީދަކީ ޖޫން މަހުގެ 15 ގައި މިހުރިހާ ފެސިލިޓީއެއް އޮޕަރޭޝަނަލައިޒް ކުރުން ކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް