ކ. މާލެ
|
1 ޖޫން 2020 | ހޯމަ 08:21
އާދިއްތަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގް، މީޑިއާއަށް މައުލޫމާތުދެއްވަނީ
އާދިއްތަ ދުވަހުގެރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އާސަންދަ ކުންފުނީގެ އެމްޑީ މަރިޔަމް ޝަފީގް، މީޑިއާއަށް މައުލޫމާތުދެއްވަނީ
އެންއީއޯސީ
ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވުން
ހާލުބޮޑު 33 މީހަކު ބޭރަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން: އާސަންދަ
 
ބޭރުގައި ތިބި ގިނަ އަދަދެއްގެ ބަޔަކަށް އެހީތެރިކަން ވަނީ ފޯރުކޮށްދީފައި
 
ލޮކްޑައުން ވިޔަސް ހިދުމަތަށް ބުރޫލެއް ނާރާ: އާސަންދަ
 
އިންޑިއާ އަދި ލަންކާ ސަރުކާރާއިއެކު ދަނީ މަޝްވަރާ ކުރެވެމުން

ރާއްޖެއިން އެއްވެސް ގޮތަކަށް ފަރުވާދެވެން ނެތް ބަލިތަކުގެ، 33 މީހަކު ސިއްހީ ފަރުވާއަށް ބޭރަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީގް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އާސަންދަ ކުންފުނީގެ އެމްޑީ ވިދާޅުވި، މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ރާއްޖެއިން ބޭރަށް ކޮންމެހެން ބޭސް ފަރުވާއަށް ދާންޖެހޭ މީހުން އާސަންދައިގެ އެހީގައި ގެންދިޔުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ، އިންޑިއާ އަދި ލަންކާ ސަރުކާރާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

މަރިޔަމް ޝަފީގް ވިދާޅުވި، ފަރުވާދޭން ޖެހޭ މީހުންގެ ލިސްޓުގައި މިހާރުވެސް ގިނަ އަދަދެއްގެ މީހުން އެބަތިބި ކަމަށާއި، އޭގެ ތެރެއިން 33 މީހަކު ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އިސްކަން ދެނީ އެންމެ ބޮޑަށް ބަލި ހާލަތު ގޯސް ފަރާތްތަކަށް ކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެންގެ ކްރިޓިކަލް ލިސްޓުގައި ފުދޭވަރަކަށް ގިނަ މީހުން އެބަތިބި ދާން. އޭގެ ތެރެއިންވެސް އަޅުގަނޑުމެން މިހާރު 33 މީހަކު ގެންދެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ.
މަރިޔަމް ޝަފީގް - އާސަންދައިގެ މެނޭޖިން ޑިރެކްޓަރ -

އާސަންދަ ކުންފުނީގެ އެމްޑީ ވިދާޅުވީ، މާލެ ލޮކްޑައުން ވިޔަސް ކުރިއެކޭ އެއްގޮތަށް އެއްވެސް ބުރޫލެއްނާރާ ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.

ލޮކްޑައުންގެ ހާލަތުގައި ބޭސް ސިޓީ އަށް ބޭސް ނަގަން ބޭރަށް ގޮސް އުޅުމަކީ އެންމެ ރައްކާތެރި ގޮތަކަށް ނުވާތީވެ، އާސަންދައިން ވަނީ ދިގު މުއްދަތަކަށް ބޭސް ކާންޖެހޭ މީހުންނަށް ތިން މަސް ދުވަސް ހަމަނުވާ ބޭސް ސިޓީ ވައިބަރ ކުރުުމުން އާސަންދައިގެ ފިހާރަތަކުން ބޭސް ޑެލިވަރ ކޮށްދޭ ގޮތަށް ހަމަޖައްސާފަ އެވެ.

ބޭސް ސިޓީ ފޮނުވާއިރު ދިގު މުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުން 15 ދުވަސް ކުރިން ބޭސް ސިޓީ އަށް ބޭސް ނެގުމަށް އާސަންދައިން އިލްތިމާސް ކުރެ އެވެ.

އާސަންދަ ލޯގު ޖަހާފައިވާ ބޭސް ސިޓީތަކަށް "އީ ޕްރިސްކްރިޕްޝަން" އަށް އާސަންދައިން ރަޖިސްޓަރ ކޮށްފައިވާ ކޮންމެ ތަނަކުންވެސް ބޭސް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އަދި އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުން ދޭ ބޭސް ސިޓީއަށް ބޭސް އެސްޓީއޯ އިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް