ކ. މާލެ
|
1 ޖޫން 2020 | ހޯމަ 05:47
ޓޮޕް އެޗީވަރސް އެވޯޑް ހަފްލާގައި ރައީސް ސޯލިހު ދަރިވަރަކަށް އިނާމް ހަވާލުކޮށްދެއްވަނީ؛ ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ޓޮޕް އެޗީވަރސް އެވޯޑް ހަފްލާގައި ރައީސް ސޯލިހު ދަރިވަރަކަށް އިނާމް ހަވާލުކޮށްދެއްވަނީ؛ ރައީސް ދެއްވާ ހާއްސަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ރައީސް އޮފީސް
ރައީސްގެ ހާއްސަ ސްކޮލަރޝިޕް
ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
 
ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރޭ
 
ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ލިޔުންތައް ވަރަށް އަވަހަށް މިނިސްޓްރީއަށް ހުށަހެޅުމަށް ވަނީ އެދިފައި

2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިހާނު ފުރިހަމަކުރި ދަރިވަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕަށް ޝަރުތުހަމަވާ ދަރިވަރުންގެ މި ސްކޮލަރޝިޕްގެ ދަށުން ކިޔެވުމަށް ހުޅުވާލައިފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕް ލިބޭ ދަރިވަރުން ކިޔަވަން ބޭނުން ދާއިރާއަކުން ބޭނުން ޤައުމެއްގައި ފުރަތަމަ ޑިގްރީ ފުރިހަމަ ކުރުމުގެ ޚަރަދު، މި ސްކޮލަރޝިޕާބެހޭ އުޞޫލުގައިވާ ގޮތުގެ މަތީން ހަމަޖައްސައިދޭނީ ސަރުކާރުން ކަމަށެވެ.

މި ސްކޮލަރޝިޕް ލިބުމަށް ތިރީގައިވާ ޝަރުޠުތަކަކީ ދިވެހިރާއްޖޭގެ ސްކޫލް ނުވަތަ މަދަރުސާއެއްގެ ދަރިވަރެއްގެ ގޮތުގައި 2019 ވަނަ އަހަރު މަތީ ސާނަވީ އިމްތިޙާން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާން ހެދި ދިވެހި ދަރިވަރަކަށް ވުމާއި، އިސްލާމާއި ދިވެހި ހިމެނޭ ގޮތަށް 5 މާއްދާއިން އޭ ސްޓަރ ފާސް ހޯދާފައިވުން ނުވަތަ ޝަހާދާ ސާނަވީ އިމްތިޙާނުގައި ބައިވެރިވި ހުރިހާ މާއްދާއަކުން އޭ ސްޓަރ ފާސް ޙާޞިލްކޮށްފައިވުން ހިމެނެ އެވެ.

މީގެ އިތުރުން ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައި އޮތުން ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ޝަރުޠު ފުރިހަމަވާ ދަރިވަރުން މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ލިޔުންތައް ވަރަށް އަވަހަށް މިނިސްޓްރީއަށް ހުށަހެޅުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފަ އެވެ. ލިޔުން ހުށަހަޅާނީ މައިއެޑިއު ފޯޓަލް މެދުވެރިކޮށް އެ ޕޯޓަލްގައި އެކަމަށް އޮންނަ ފޯމު ފުރައިގެންނެވެ.

މިނިސްޓްރީން ބުނީ މި ސްކޮލަރޝިޕްގެ އުޞޫލުގައި އޮންނަ ގޮތުން، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި މި ފުރުޞަތުގެ ބޭނުން ހިފައި ކިޔަވަން ފަށަން ލާޒިމުކުރާތީ ދަރިވަރުން މިކަން ކުރިއަށް ގެންދެވުން އަވަސްކުރުމަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް