ކ. މާލެ
|
1 ޖޫން 2020 | ހޯމަ 04:39
ސާޖިދު ޙާން (ކ) އަދި ވާޖިދު ޙާން (ވ): ބޮލީވުޑްގެ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވޭ
ސާޖިދު ޙާން (ކ) އަދި ވާޖިދު ޙާން (ވ): ބޮލީވުޑްގެ ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވޭ
ފިލްމްފެއަރ
ބޮލީވުޑްގެ ކޮމްޕޯޒަރު ވާޖިދު ޙާން
ބޮލީވުޑް މަޝްހޫރު މިއުޒިކް ކޮމްޕޯސަރ ވާޖިދު ޚާން މަރުވެއްޖެ
 
ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުން
 
ބޮލީވުޑްގެ ތަރި ސަލްމާން ޙާންގެ ގިނަ ފިލްމުތަކެއްގެ މިއުޒިކް ތައްޔާރުކުރީ ވާޖިދް ގެ ދެބެއިން
 
ބޮލީވުޑްގެ މަޝްހޫރު ގިނަ ފިލްމްތަކެއްގެ މިއުޒިކް ޑައިރެކްޓްކޮށް ލަވަތައް ހަދައިދީފައިވޭ

ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޑައިރެކްޓަރ އަދި މިއުޒިކް ކޮމްޕޯސަރ ވާޖިދު ޚާން މަރުވެއްޖެ އެވެ.

ވާޖިދް ޚާން މަރުވެފައިވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދަނިކޮށް އާދިއްތަ ދުވަހުގެރޭގެ ވަގުތެއްގަ އެވެ. މިއުޒިކީ ދުނިޔޭގައި ގިނަ އެވޯޑްތަކެއް ހާސިލްކޮށްފައިވާ ވާޖިދު މަޝްހޫރުވެގެން ގޮސްފައިވަނީ ސާޖިދް-ވާޖިދް ގެ ނަމުންނެވެ.

ސާޖިދު ޚާން އަކީ ވާޖިދުގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. މި ދެބެއިން އެކުގައި ވަނީ ގިނަ ފިލްމްތަކާއި އަލްބަމްތަކުގެ މިއުޒިކް ތައްޔާރުކޮށްފަ އެވެ. އުމުރުން 42 އަހަރުގެ ވާޖިދުގެ މަރާއި ގުޅިގެން ފިލްމް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ހިތާމަ ފާޅުކުރަމުންނެވެ.

ސާޖިދް- ވާޖިދް ފުރަތަމަ މިއުޒިކް ހަދާފައިވަނީ 1998 ވަނަ އަހަރު ސަލްމާން ޚާންގެ ފިލްމް "ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ" އަށެވެ. މިދިޔަ އީދު ދުވަހު ރިލީޒް ކުރި ސަލްމާން ޚާންގެ "ބާއީ ބާއީ" މި ލަވައިގެ މިއުޒިކް ވެސް ހަދާފައިވަނީ ސާޖިދް-ވާޖިދް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް