ކ. މާލެ
|
1 ޖޫން 2020 | ހޯމަ 00:55
ޕީއެސްޖީގެ ފޯވާޑް މައުރޯ އިކާޑީ - ހަތަރު އަހަރުގެ އެއްބަސްވުމެއް ވަނީ ހަދާފައި
ޕީއެސްޖީގެ ފޯވާޑް މައުރޯ އިކާޑީ - ހަތަރު އަހަރުގެ އެއްބަސްވުމެއް ވަނީ ހަދާފައި
ގެޓީ އިމޭޖަސް
އިކާޑީގެ އެއްބަސްވުން ދާއިމީކުރުން
ޕީއެސްޖީން އިކާޑީގެ އެއްބަސްވުން ދާއިމީކޮށްފި
 
ޕީއެސްޖީ އާއެކު އިކާޑީ ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައި
 
އިކާޑީގެ އެއްބަސްވުން ދާއިމީ ކޮށްފައިވަނީ 50 މިލިއަން ޔޫރޯގެ އިތުރަށް 7 މިލިއަން ޔޫރޯގެ ބޯނަހެއް ދެއްކުމަށްފަހު

އިޓަލީގެ އިންޓަ މިލާނުގެ ލޯނެއްގެ ދަށުން ކުޅެމުން އައި އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީގެ އެއްބަސްވުން ޕީއެސްޖީން ދާއިމީކޮށްފި އެވެ.

އިކާޑީ ކުރިން ޕީއެސްޖީ އާއެކު ހެދި އެއްބަސްވުން ދާއިމީކުރަން އިންޓަ އަށް 65 މިލިއަން ޔޫރޯ ދައްކަން ޖެހެއެވެ. އެކަމަކު ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިގްތިސާދީ ހާލަތު ދަށްވެފައިވާތީ، ޕީއެސްޖީން ވަނީ އިންޓަ އަށް ދައްކަންޖެހޭ އަގު ކުޑަކުރުމުގައި ކާމިޔާބު ހޯދާފައެވެ. އެގޮތުން އެ ކްލަބުން އިކާޑީގެ އެއްބަސްވުން ދާއިމީ ކޮށްފައިވަނީ 50 މިލިއަން ޔޫރޯގެ އިތުރަށް 7 މިލިއަން ޔޫރޯގެ ބޯނަހެއް ދެއްކުމަށްފަހު އެވެ. ޕީއެސްޖީ އާއެކު އިކާޑީ ވަނީ ހަތަރު އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޕީއެސްޖީ އަށް ބަދަލު އިކާޑީ ވަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ކޮވިޑް-19 އާ ގުޅިގެން ކެންސަލް ކުރި ފްރެންޗު ލީގު ޕީއެސްޖީން ކާމިޔާބުކުރިއިރު، އިކާޑީ ވަނީ އެ ޓީމަށް ކުޅެދިން 31 މެޗުގައި 20 ލަނޑު ޖަހާފައެވެ.

އިކާޑީ ޕީއެސްޖީ އަށް ބަދަލުވީ އޭނާ ހޯދުމަށް ގިނަ ކްލަބުތަކުން މަސައްކަތް ކުރަމުންދިޔަ ދަނޑިވަޅެއްގައެވެ. އޭނާ ހޯދުމަށް ރެއާލް މެޑްރިޑްގެ އިތުރުން ޗެލްސީ އާއި ޔުވެންޓަސް އަދި ނާޕޮލީން ވެސް ވަނީ މަސައްކަތް ކޮށްފައެވެ.

ސަމްޕްޑޯރިއާ އިން ސީނިއާ ކެރިއަރު ފެށި އިކާޑީ އިންޓައާ ގުޅުނީ 2013 ވަނަ އަހަރެވެ. އޭނާ ވަނީ އިންޓައަށް ކުޅުނު 219 މެޗުގައި 214 ލަނޑު ކާމިޔާބުކޮށްފައެވެ.

އިކާޑީގެ އެއްބަސްވުން ޕީއެސްޖީން ދާއިމީ ކުރުމާއެކު ޕީއެސްޖީގެ އުރުގުއޭ ފޯވާޑް އެޑިންސަން ކަވާނީ ކްލަބު ދޫކޮށްލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް