ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ކޮވިޑް-19ށް ޓެސްޓު ކުރުން

މާލެސިޓީގައި ދިރިއުޅޭ މީހުން ބޭރަށް ނުކުންނަ ނަމަ، އައިޑީ ކާޑް ހިފައިގެން ނުކުތުމަށް އިލްތިމާސްކޮށްފި

  • އެކްޓިވް ސާންޕަލިންގެ މަސައްކަތް ކުރިއަށްދޭ
  • މޮނިޓަރިންގެ ހާލަތުގައިވާ ގެތަކުގައި ދިރިއުޅޭ މީހުން ޓެސްޓު ކުރުމުގެ މަސައްކަތްތައް ކުރިއަށްދޭ
  • ސާފުތާހިރު ކަމަށް އިސްކަން ދިނުމަށް އިލްތިމާސް ކުރެއްވި

ކ. މާލެ | 31 މެއި 2020 | އާދީއްތަ 16:20 | 7,082

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް، ގައިދުރުކަން ދެމެހެއްޓުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައިވޭ - އެންއީއޯސީ

ކޮވިޑް-19ގެ މި ހާލަތުގައި މާލެ ސިޓީގައި ދިރިއުޅޭ މީހުން ބޭރަށް ނުކުންނަ ނަމަ، އައިޑީކާޑް ހިފައިގެން ނުކުތުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ މިދުވަސްކޮޅު އެކްޓިވް ސާންޕަލިންގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ގެއިން ބޭރަށް ނުކުންނައިރު އައިޑީ ކާޑު ހިފައިގެން ނުކުތުމަށް ހަނދާން ބެހެއްޓުން މުހިންމު ކަމަށެވެ.

ޑރ. އަފްޒަލް ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައިވާ ގެތަކުގައި ދިރިއުޅޭ މީހުން ކޮވިޑް-19ށް ޓެސްޓު ކުރުން ވަރަށް މުހިންމު ކަމަށާއި، އެމީހުންގެ ސާމްޕަލްތައް ނަގަން ދާއިރު، ގެތަކުގެ އުޅޭ މީހުން ތިރިއަށް އައުމަށް ވެސް މާސްކް އެޅުން މުހިންމު ކަމަށެވެ. އަދި ތިރިއަށް އައުމުގެ ކުރިން ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް ވެސް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

މިދުވަސްކޮޅު އަނެއް ކަމަކަށް އަޅުގަނޑުމެން ހަމަ އެކްޓިވް ސާންޕަލިންގެ މަސައްކަތް ކުރިއަށް ގެންދާތީވެ ތިބޭފުޅުން ގެއިން ބޭރަށް ނުކުންނަވާ ނަމަ ހަނދުމަފުޅު ބަހައްޓަވާތި އައިޑީކާޑު ހިއްޕަވައިގެން ދުރުވަން. އެއީ އަޅުގަނޑުމެންނަށް އެނގެން ޖެހޭނެ ތިއީ ކާކު ކަން. އެހެންވީމަ ވަރަށް މުހިންމު ސަމާލުކަމެއް ދީގެން އައިޑީކާޑު ގެންގުޅުއްވާތި.

~ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް

ކޮވިޑް-19ން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަނދުމަކޮށްދެއްވާ ޑރ.އަފްޒަލް ވިދާޅުވީ ބޭރަށް ނުކުމެ އުޅޭއިރު، ތިން ފޫޓުގެ ގައިދުރުކަން ބަހައްޓަން ޖެހޭ ކަމަށާއި، ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮންނަން ޖެހޭ ކަމަށެވެ. އަދި ކޮންމެ ގެއަކުން ވެސް ފިހާރައިން އެއްޗެހި ގަތުމަށް ދާ މީހާ ކަނޑައެޅުމާއި، ފިހާރައިން ގަންނަ އެއްޗެހީގެ ތެރެއިން ދޮވެވޭ އެއްޗެހި ރަނގަޅަށް ޑިސްއިންފެކްޓް ކުރުމަށް ޑރ. އަފްޒަލް އިލްތިމާސް ކުރެއްވި އެވެ.

މީގެ އިތުރުން ފިހާރައިން މިގަންނަ ތަކެތި އެޗްސްޕަޔަރީ ޑޭޓަށް ބެލުން ވަރަށް މުހިންމު. ހަމަ ޑެލިވަރީ ކުރާ މީހުންނާ ވެސް ވީހާ ވެސް މަދުން ކޮންޓެކްޓް ވާންޖެހޭނީ. ބޭރަށް ދާން ތަކެތި ގަންނަން ޚާއްސަ ވެގެން ހުންނަ ބޭފުޅާ އޭނައާ ގޭގައި ދެން ތިބި މީހުންގެ ތެރެއިން ރިސްކްގައި ތިބި މީހުން ވީހާ ވެސް މަދުން ކޮންޓެކްޓްވާން ޖެހޭނީ.

~ އެފިޑަމޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް

ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑް-19ގެ ރިސްކް ގުރޫޕުގައި ހިމެނޭ، އުމުރުން ދުވަސްވީ މީހުންނާއި، ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނާއި، މާބަނޑު އަންހެނުންނާއި، އަދި އުމުރުން 5 އަހަރުން ދަށުގެ ކުޑަ ކުދިންނަށް ޚާއްސަ ސަމާލު ކަމެއް ދޭން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: ޒިހްނަތު ހަސަން

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.