ކ. މާލެ
|
31 މެއި 2020 | އާދީއްތަ 12:50
ފުލުހުން މަގުމަތި ބަލަހައްޓަނީ- ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިން
ފުލުހުން މަގުމަތި ބަލަހައްޓަނީ- ފުރަބަންދު އަމުރާ ޙިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިން
ޕޮލިސް
މާލެސިޓީގެ ފުރަބަންދުގެ ޙާލަތު
ފުރަބަންދު އަމުރާ ހިލާފުވެގެން 6000 ވުރެން ގިނަ މީހުން ޖޫރީމަނާ ކޮށްފި!
 
ލޮކްޑައުން އަމުރާ ޚިލާފުވެގެން މިހާތަނަށް 6293 މީހުން ޖޫރިމަނާކޮށްފައިވޭ
 
އެ ފަރާތްތަކުން ދައުލަތަށް 6,293،000ރ ދައްކަންޖެހޭ
 
މިހާތަނަށް ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ 355 މީހެއް

ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މާލެ ސިޓީގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) އަމުރާ ޚިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 6200ށް ވުރެ އިތުރުވެއްޖެ އެވެ.

ފުލުހުން އާންމު ކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ލޮކްޑައުން އަމުރާ ޚިލާފުވެގެން މިހާތަނަށް 6293 މީހަކު ޖޫރިމަނާ ކޮށްފައި ވާއިރު، އޭގެތެރޭގައި މާލެއިން ޖޫރިމަނާ ކުރި 5498 މީހަކާއި، ހުޅުމާލެއިން ޖޫރިމަނާ ކުރި 686 މީހަކާއި، ވިލިމާލެއިން ޖޫރިމަނާ ކުރި 109 މީހަކު ހިމެނެއެވެ.

ހޮނިހިރު ދުވަހު އެކަނި މާލެއިން 195 މީހަކު ޖޫރީމަނާކޮށްފައި ވާއިރު، ހުޅުމާލެއިން 11 މީހަކު އަދި ވިލިމާލެއިން ވެސް 2 މީހަކު ވަނީ ޖޫރީމަނާކޮށްފަ އެވެ. އެއާއި އެކު ހޮނިހިރު ދުވަހު އެކަނި ޖުމުލަ 208 މީހަކު ވަނީ ޖޫރީމަނާ ކޮށްފަ އެވެ.

މި އަދަދުތަކާއެކު މިހާތަނަށް ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދަކީ 6,293،000ރ (ހަ މިލިއަން ދެލައްކަ ނުވަދިހަ ތިން ހާސް) އެވެ.

ފުރަބަންދު އަމުރާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާ ކުރަނީ 1000ރ. އިންނެވެ. މި އަމަލު ތަކުރާރު ކުރާނަމަ، ޤާނޫނުލް އުޤޫބާތުގެ 533 ވަނަ މާއްދާގެ (ހ) ދަށުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ލިބެއެވެ.

އޭގެ އިތުރުން، ލޮކްޑައުންގެ އަމުރުތަކާ ޚިލާފުވެގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 355ށް އަރާފައެވެ. އޭގެ ތެރޭގައި މާލެއިން ހައްޔަރު ކުރި 315 މީހުންނާއި، ހުޅުމާލެއިން ހައްޔަރު ކުރި 37 މީހުންނާއި، ވިލިމާލެއިން ހައްޔަރު ކުރި 03 މީހަކު ހިމެނެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް