ބުދަ 15 ޖުލައި 2020
01 ފުސް
1441 ޒުލްގައިދާ 24
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
އިރުއޮއްސޭ 18:24
އިޝާ 19:41
ދިވެހިން ރާއްޖެ ގެނައުން

ތިން ގައުމެއްގައި ތިބި ދިވެހިން މާދަމާ ރާއްޖެ ގެންނަނީ

  • ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނު 8:55 ގައި
  • ލަންކާގައި ތިބި ދިވެހިން ގެންނަ އިތުރު ފްލައިޓެއް ހަަމޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން

ކ. މާލެ | 30 މެއި 2020 | ހޮނިހިރު 23:02 | 11,635

ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް: މީގެ ކުރިން ވެސް ލަންކާގައި ތިބި ބައެއް ދިވެހިން ރާއްޖެއަށް ގެނެވިފައިވޭ - ފޭސްބުކް

ބެލަރޫސް އާއި އިނގިރޭސި ވިލާތް އަދި ސްރީލަންކާގައި ތިބި ދިވެހިން ގޮވައިގެން އަންނަ ފްލައިޓެއް އާދިއްތަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެންއީއޯސީން ބުނެފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މި ފްލައިޓްގައި ބެލަރޫސްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 48 ދިވެހިން އަދި އިނގިރޭސިވިލާތުން އަންނަ 23 ދިވެހިން އަންނާނެ ކަމަށެވެ.

މީގެ އިތުރުން ސްރީލަންކާގައި ތިބި 32 ދިވެއްސަކުވެސް މި ފްލައިޓުން އަންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ލަންކާ އިން ގެންނަ ދިވެހިންނަކީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ދިވެހިންނާއި، ހާލުގައި ޖެހިފައިވާ ދިވެހިންނާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެހީތެރިން ގެ ގޮތުގައި ގެންނަ ދިވެހިން ކަމަށް ފޮރިން މިނިސްޓްރީ އާއި ހަވާލާދީ މަބްރޫކް ވިދާޅުވި އެވެ.

މި ފްލައިޓް ޖެއްސުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހު ހެނދުނު 8:55 ގައެވެ. ސްރީލަންކާގައި ތިބި ދިވެހިން ގެނައުމަށްޓަކައި އިތުރު ފްލައިޓެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.