ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 19:11
ރާއްޖޭގައި ހިންގާ ރިސޯޓެއް: ޓޫރިޒަމް ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
ރާއްޖޭގައި ހިންގާ ރިސޯޓެއް: ޓޫރިޒަމް ސިނާއަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ
ބުކިންގ.ކޮމް
ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން
ޖުލައި މަހު ބޯޑަރު ހުޅުވާލާނެކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި
 
ފަތުރުވެރިންގެ އަތުން އިތުރު ފީއެއް ނުނަގާނެ ކަމަށް ބުނެފައިވޭ
 
މިއީ ތިން ވަނަ ސިނޭރިއޯގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަން ނިންމާފައިވާ ދުވަސް

އަންނަ ޖުލައި މަހު ބޯޑަރު ހުޅުވާލަން ނިންމާފައިވާ ކަން ޓޫރިޒަމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ޖުލައި މަހުން ފެށިގެން ރާއްޖެއަށް އަންނަން ބޭނުންވާ ފަތުރުވެރިންނަށް އާދެވޭނެ ކަމަށެވެ. އަދި ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު ހާއްސަ ފީއެއް ދައްކަންނުޖެހެނޭކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ބޯޑަރު ބަންދުކުރީ ކޮވިޑް-19ގެ ނުރައްކާ ބޮޑުވުމުގެ ސަބަބުން ނިމުނު މާރިޗު މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮޮވިޑް-19ގެ ހާލަތުގައި ރާއްޖެއިން އެކި ހާލަތްތަކުގައި އަމަލުކުރާނެގޮތްތަށް ކަނޑައަޅާފައިވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެފަހު ޤައުމާއި މުހާތުބުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފަިއވަނީ އިތުރަށް ހާލަތު ގޯސްނުވާކަމުގައިވާނަމަ، ޖުލައި މަހުގައި ބޯޑަރު ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން އަންދާޒާކުރާ އެންމެ ގޯސް ހާލަތުގައި އެއާޕޯޓް ހުޅުވާލެވޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. މިހާރު ރާއްޖެ އޮތީ ސަރުކާރުން އަންދާޒާކުރާ ހާލަތްތަކުގެ ތެރެއިން 3 ވަނަ ހާލަތުގަ އެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
11%
78%
0%
0%
0%
11%
ކޮމެންޓް