ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 19:15
މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ދެ މީހަކު ހުއްޓުވާ ފުލުހުން ސުވާލު ކުރަނީ؛ 16 އަހަރުގެ އަންހެން ކުއްޖެއްގެ އާއިލާއަށް އޮޅުވާލާ އެކުއްޖާއަށް ބިރުދައްކާ ރޭޕްކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުނ
މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ދެ މީހަކު ހުއްޓުވާ ފުލުހުން ސުވާލު ކުރަނީ؛ 16 އަހަރުގެ އަންހެން ކުއްޖެއްގެ އާއިލާއަށް އޮޅުވާލާ އެކުއްޖާއަށް ބިރުދައްކާ ރޭޕްކުރި މައްސަލައެއް ފުލުހުން އަންނަނީ ބަލަމުނ
ޕޮލިސް
ރޭޕާއި ގުޅުން ހުރި ބޮޑު މައްސަލައެއް ބަލަން ފެށުން
އަންހެން ކުއްޖަކު ބްލެކްމެއިލްކޮށް ރޭޕްކުރި މައްސަލައެއް ބަލަން ފަށައިފި
 
އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް ހިމެނޭ
 
މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނި
 
ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ބްލެކްމެއިލްކޮށް، ބިރުދައްކާ، ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި
 
އަންހެން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން 24 އަހަރުގެ ފިރިހެނަކާއެކު

ނުދަންނަ ބައެއް ކައިރިއަށް މައިންބަފައިން ފޮނުވާލި 16 އަހަރު ނުވާ އަންހެން ކުއްޖަކަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، އެކުއްޖާ ރޭޕް ކޮށްފައިވާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް މި މަހުގެ 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި އެ ސަރވިސްއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހެޅުމާއި އެކު އެ ކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސްއެއްގެ ތެރެއިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 1:08 ހާއިރު ކަމަށާއި، އަދި ކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދީ މި މައްސަލަ އާއި ގުޅިގެން އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ އާއިލާއަށް އޮޅުވާލާ، ކުއްޖާއަށް އޮޅުވާލާ ބްލެކްމެއިލްކޮށް، ބިރުދައްކާ، ކުއްޖާ ރޭޕްކޮށްފައިވާކަމުގެ ތުހުމަތުގައިކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ތަހްޤީޤުގައި މިހާތަނަށް ބެލިބެލުމުން މި އަންހެން ކުއްޖާގެ މައިންބަފައިން ކުއްޖާ މާލެ ފޮނުވާފައިވަނީ ކުއްޖާ އަދި މައިންބަފައިން ނުދަންނަ މީހެއް ކައިރިއަށް ކުއްޖާ އެކަނިކަމަށް ފުލުހުން ބުނެއެވެ. އަދި މި އަންހެން ކުއްޖާ މާލެ ގެނައުމުގައި ފައިސާ އާއި ގުޅުން ހުރި ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލާ، ބްލެކްމެއިލްކޮށް ބިރުދައްކާފައިވާކަން ތަހްޤީޤަށް ފާހަގަ ކުރެވޭ ކަމަށާއި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކީ ކުށުގެ ރެކޯރޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާއި، ކުޑަކުދިން ރޭޕްކޮށް ބްލެކްމެއިލްކޮށް، ކުޑަކުދިން ޤުރޫމްކުރުވައިގެން ކުށްކުރުމުގައި ކުދިން ބައިވެރިކުރުވާ އަދި ކުޑަކުދިންގެ ކަރާމާތައް އުނިކަން އަންނަ ގޮތަށް ޢަމަލު ކުރާ މީހުންނާއިމެދު ޤާނޫނީގޮތުން އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު އަޅަމުންގެންދާނެ ކަމަށެވެ. އަދި މިފަދަ ނާޒުކު ދަނޑިވަޅެއްގައި ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އިންޓަރނެޓްގެ ޒަރިއްޔާއިން ކުދިން ނުރައްކަލަށް ހުށަހެޅިޔަ ނުދިނުމާއި، ނުދަންނަ މީހުން ކައިރިއަށް އަދި އެފަދަ މީހުންނާއިއެކު ކުދިން ތަންތަނަށް ނުފޮނުވުމާއި، ކުދިންގެ ރައްކާތެރިކަމަށް އަޅުއްވަން ޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުއްވުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މިފަދަ މައްސަލަ ތަކުގެ މަޢުލޫމާތު ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ފޯން 3000600 ނުވަތަ 9790163 އަށާއި މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަހުގީގުކުރަމުންދާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
11%
22%
67%
0%
0%
ކޮމެންޓް
31 މެއި 2020 | އާދީއްތަ 00:23
ޢަހުމަދު
ޓީގަ ަހަރެންނައްބުނެވޭނީމައިންބަފައިންތިކަމުގެ ޒިންމަައުފުލަނޖެހޭނޭދެންހަމަ މީހަކުބުނެލާއިރައްަދަރިަކުފޮނުވަންޖެހޭތަައަދިއެވެސް އަންހެންކުއްޖެއްކުޑަކުއްޖެއް ތިކަމުގެ އަދަބު މައިންބަފައިންނައްވެސްލިބެންޖެހޭނެނުވެސްދަންނަ ފިރިހެނއްކައިރިއައްކީކޭބުނާނީ
30 މެއި 2020 | ހޮނިހިރު 19:35
ނނ
ސަރުކާރުން ކުރާކަމެއް ތީ