ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 18:32
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވާހަކަ ދައްކަވަނީ
ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވާހަކަ ދައްކަވަނީ
އެންއީއޯސީ
ސްޓެލްކޯއިން ދެމުންދާ ޚިދުމަތް
ގެތަކަށް ޒިޔާރަތްކޮށް މީޓަރ ރީޑިން ނެނގޭ ހާލަތަށް އައުމުން އެޑްޖަސްޓްމެންޓް ތަކެއް ގެންނާނަން: މުގުނީ
 
މިހާލަތުގައު ބިލް ނުދެއްކުނު ނަމަވެސް ކަރަންޓުގެ ޚިދުމަތް ކަނޑާނުލާނެ
 
ފޮޓޯ ނުފޮނުވުނު ފަރާތްތަކަށް ފޮނުވީ އެވްރޭޖް ބިލެއް
 
ގިނަ ކަސްޓަމަރުންގެ ބިލުތައް ވަރަށް ބޮޑަށް ކުޑަ ވެގެންދިޔަ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އަށް މީޓަރުގެ ފޮޓޯ ނުފޮނުވުނު ކަސްޓަމަރުންނަށް ފޮނުވީ އެވަރޭޖް ބިލެއް ކަމަށާއި، ގެތަކަށް ޒިޔާރަތްކޮށް މީޓަރ ރީޑިން ނެނގޭ ހާލަތަށް އައުމުން އެޑްޖަސްޓްމެންޓް ތަކެއް ގެންނާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ ވިދާޅުވީ ކޮވިޑް-19ގެ މިހާލަތާ ގުޅިގެން ޑިސްކައުންޓު ދިނުމުގެ ސަބަބުން ސްޓެލްކޯގެ ވަރަށް ގިނަ ކަސްޓަމަރުންގެ ބިލުތައް ވަރަށް ބޮޑަށް ކުޑަވި ކަމަށެވެ.

މުގުނީ ވިދާޅުވީ މީޓަރުގެ ފޮޓޯ ފޮނުވި ފަރާތްތަކަށް އެކިއުރޭޓް ބިލް ލިބޭއިރު ކޮންމެވެސް ސަބަބަކާ ހުރެ ފޮޓޯ ނުފޮނުވުނު ފަރާތްތަކަށް ފޮނުވީ އެވްރޭޖް ބިލެއް ކަމަށެވެ. ނަމަވެސް މިހާލަތު ބަދަލުވެ ސްޓެލްކޯގެ މުއައްޒަފުންނަށް ގޭގެއަށް ޒިޔާރަތް ކުރެވި މީޓަރުގެ ރީޑިން ނެނގޭ ހާލަތަށް އައުމުން އެޖަސްްޓްމެންޓްތަކެއް ހަދާނެ ކަމަށް މުގުނީ ވިދާޅުވި އެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

މިމަހު ވެސް ބިލު ލިބުނުއިރުގައި ކަރަންޓު ބިލުން ހަމަ ޑޮމެސްޓިކް މީޓަރު 40 އިންސައްތަ ޑިސްކައުންޓްހުރި ހުރިހާ ފަރާތްތަކަށް ވެސް ލިބިފައިވާނެ. އަދި ސްޓެލްކޯއިން ފެނުގެ ޚިދުމަތްދޭ ރަށްރަށުގައި ފެނުގެ ބިލުން ވެސް 30 އިންސައްތަ ލިބިފައިވާނެ. އަދި ލައިން އައިޓަމެއްގެ ގޮތުގައި މިބިލުގައި ހިމެނިފައިވާނެ. އެހެންވީމަ ވަކި ބަލާލެވޭނެ މިކިތަން ޕަސެންޓްތޯ އަދި ކިހާ ވަރެއްތޯ ސަބްސިޑީގެ ގޮތުގައި ލިބިފައިވަނީ. އެހެންވީމަ މިމަހު ދައްކާ ބިލްތަކުގަ ކަރަންޓު ބިލް ވެއްޖެއްޔާ 40 އިންސައްތަ ފެން ބިލުގެ 30 އިންސައްތަ ޑިސްކައުންޓް ހިމެނިފައިވާނެ
މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ

ބިލް ނުދެއްކުނު ކަމުގައި ވިޔަސް ޚިދުމަތް ދިނުން ކަނޑާނުލާނެކަން ފާހަގަކުރައްވައި މުގުނީ ވިދާޅުވީ ލޮންޑައުންގެ ހާލަތުގައި ކަސްޓަމަރުންނަށް ބިލް ނުދެއްކުނު ނަމަވެސް ކަރަންޓުގެ ޚިދުމަތް ކަނޑާނުލާނެ ކަމަށެވެ. އަދި ލޮކްޑައުންގެ ހާލަތް ކުރިއަށްދާހާ ހިނދެއްގައި ޕޮލިސީ ބަދަލުނުވާނެކަން މުގުނީ ފާހަގަކުރެއްވި އެވެ. ނަމަވެސް ކަރަންޓު ބިލް ނުދައްކާ ކަމުގައިވާނަމަ ޚިދުމަތް ކަނޑާލަ ދިނުމަށް ބައެއް ކަސްޓަމަރުން ރިކުއެސްޓް ކުރަމުންދާ ކަމަށް މުގުނީ ވިދާޅުވި އެވެ.

އެހެންވީމަ ބިލް ނުދެއްކޭ މީހުންނަށް ވެސް ކަރަންޓް ބިލް ކަނޑާނުލުމެއް ކަރަންޓު މީޓަރު ކަނޑާލުމެއް މިމަހުގެ ތެރޭގައި ވެސް ނޯންނާނެ. އެއްބައި ކަސްޓަމަރުން އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރައްވާ ބިލު ނުދައްކާ ފަރާތްތަކުގެ ކަނޑާލަ ދިނުމަށް. އެއީ އެފަރާތްތަކުން އެގަބޫލުކުރާ ގޮތުގައި ގިނައިން މިކަން މިހިންގަނީ ކުއްޔަށް އުޅޭ ތަންތަނުގައި ފަރާތްތަކުން އެތަނުގެ ވެރިން ބޮޑަށް މި ރިކުއެސްޓް ކުރައްވަނީ. އެފަރާތްތަކުން ބިލް ނުދައްކަވާ ހިނގާދާނެ ކަމުގެ ބިރަށް. އެހެންކަމުގައި ވިޔަސް އެފަރާތްތަކަށް އަޅުގަނޑުމެން އެމައުލޫމާތު ދެން.
މެނޭޖިންގ ޑިރެކްޓަރ ހަސަން މުގުނީ

މުގުނީ ވިދާޅުވީ ބޮޑެތި ހައުސިން ބްލޮކްތަކުގައި މީޓަރު ރީޑިން ނެގުމަށް އެތަންތަނުގެ ވެރިންނާ މަޝްވަރާ ކުރުމަށްފަހު، ސްޓެލްކޯގެ މުއައްޒަފުން ގޮސް އެމަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް