ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 16:00
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މަޖިލީހުގައި ވާހަކަ ދައްކަވަނީ
ރައްޔިތުންގެ މަޖިލިސް
ކާށިދޫ ދާއިރާގެ މެމްބަރުގެ ސިޓީ
މަޖިލީހުގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމަށް މެމްބަރު ޖާބިރު ގޮވާލައްވައިފި
 
މިއީ ސަރުކާރަށް އެންމެ ބޮޑަށް މަޖިލީހުގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅު
 
މިއީ މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ހިންގެވި ޖަރީމާއެއް
 
މަޖިލިސް ހިންގަމުން ދަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައި

ވަގުތުން ވަގުތަށް މަޖިލީހުގެ ރައީސްގެ މަގާމުން، ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް އެޑްރެސްކޮށް، މެމްބަރު ޖާބިރު ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވީ، ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާންކޮއްފައި ވަނިކޮށް އަދި މުޅި މާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ޖަލްސާތައް ބާއްވަން ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖިލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް ހިންގެވި ޖަރީމާއެއް ކަމަށެވެ.

އެގޮތުން ސަރުކާރަށް އެންމެ ބޮޑަށް މަޖިލީހުގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅުގައި، 19ވަނަ ރައްޔިތުންގެ މަޖްލިސް ހިންގަވަމުން ގެންދަވަނީ ސިޔާސީ އައްޑާއެއްގެ ގޮތުގައިކަމަށް މެމްބަރު ޖާބިރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ އަމަލުތައް ހުރި ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް ނުފެންނާތީ ވަގުތުން ވަގުތައް މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް މެމްބަރު ޖާބިރު ވަނީ ގޮވާލައްވާފަ އެވެ.

ޤާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު އެޖެންޑާ ކުރުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަކި ޚާއްސަ ހުއްދަ އެއް ނަގައިގެން އެޗްޕީއޭއިން ދީފައިވާ އިރުޝާދާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވާފައިވަނީ، މެއި މަހުގެ 26 ވަނަ ދުވަހުގަ އެވެ.

މަޖިލީހުގެ ޖަލްސާ ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަދިނީ އުސޫލުތަކަކަށް އަމަލުކުރުމަށް އެންގުމަށް ފަހު އެވެ. އޭގެ ތެރޭގައި މެމްބަރުން މާސްކް އެޅުމާއި، ޖަލްސާއަށް ވަނުމުގެ ކުރިން ހުން ބެލުމާއި، ދުރުދުރުގައި ތިބުން ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
56%
0%
21%
6%
18%
ކޮމެންޓް