ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 16:03
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ
ރާއްޖެއެމްވީ
ސްޓެލްކޯގެ އެމްޑީގެ ޖަވާބު
އެއްބާރުގެ އިސްވެރިއަކު، ސިޓީ ނުފޮނުއްވޭނަކަމަށް ވިދާޅުވުމުން އެކަމަށް ދެން ސްޓެލްކޯއިން ޗެލެންޖެއް ނުކުރާނެ
 
ރައީސް ނަޝީދު ވަނީ ސްޓެލްކޯއިން މަޖިލީހަށް ސިޓީ ނުފޮނުއްވޭނެކަމަށް ވިދާޅުވެފައި
 
ސްޓެލްކޯއިން އެކަމަށް ޗެލެންޖެއް ނުކުރާނެ
 
ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެ

ރާއްޖޭގައި ގާއިމްކުރެވިފައިވަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި، އޭގެއިން އެއްބާރުގެ ވެރިއަކު ވިދާޅުވާ ވާހަކައަކަށް ސްޓެލްކޯއިން އިތުރަށް ޗެލެންޖެއް ނުކުރާނެކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހަސަން މުޢުނީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯގެ އިސްވެރިންގެ މުސާރަ ހާމަކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީ އާންމުވި ގޮތް ހޯދުމަށް އެ ކުންފުނިން މަޖިލީހުގައި އެދުމުން، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. އެކަމާއި ގުޅިގެން، ރައީސް ނަޝީދު ވިދާޅުވީ، ސިޓީބިޓީ ލިޔުމާ ގުޅޭ ގޮތުން 1968 ވަނަ އަހަރު ފާސްކޮށްފައިވާ ގާނޫނު އަދި ވެސް އެބަ އޮތް ކަމަށާއި، އެ ގާނޫނުގައިވާ ގޮތުން، އިންޖީނު ގެއިން މަޖިލީހަށް ސިޓީ ނުފޮނުވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޖީނުގެ ކުދިންނަށް މަޖިލީހަށް ސިޓީ ނުލިޔުއްވޭނެކަން އެނގެން ޖެހޭނެކަމަށާއި މަޖިލީހުން އަހާ އެއްޗެއްގެ ޖަވާބު ދެއްވޭނެކަމަށެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ސްޓެލްކޯގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުޢުނީ ވިދާޅުވީ، ރާއްޖޭގައި އޮންނަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްކަމަށާއި، އެތަނުން އެއް ބާރެއްގެ އިސްވެރިއަކު އެހެން ވިދާޅުވުމުން ސްޓެލްކޯއިން އިތުރަށް އެކަމަށް ޗެލެންޖް ނުކުރާނެކަމަށެވެ.

މުޢުނީ ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން އިތުރު އެއްޗެއް ވިދާޅުވާން ނެތްކަމަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
33%
0%
67%
0%
0%
ކޮމެންޓް