ކ. މާލެ
|
30 މެއި 2020 | ހޮނިހިރު 01:29
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސްއަށް ސިޓީފުޅެއް ފޮނުއްވައި އެ ޖަމިއްޔާއާ ގުޅުން ކަނޑާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސްއަށް ސިޓީފުޅެއް ފޮނުއްވައި އެ ޖަމިއްޔާއާ ގުޅުން ކަނޑާލައްވާނެ ކަމުގެ އިންޒާރު ދެއްވާފައި
ސީއެންބީސީ
އެމެރިކާއާއި ޑަބްލިއުއެޗްއޯގެ ކޯޅުން
އެމެރިކާއިން ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލައިފި
 
2019 ވަނަ އަހަރުވެސް އެމެރިކާއިން ވަނީ ޗައިނާއަށް 400 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފަ
 
ޗައިނާއިން ޑަބްލިއުއެޗްއޯއާ ގުޅިގެން ޤައުމުތަކަށް އޮޅުވާލާފައިވާކަމަށް ވިދާޅުވި
 
އެމެރިކާއިން އެ ޖަމިއްޔާއަށް ދެމުން އައި ފަންޑުވެސް ހުއްޓާލާނެ

އެމެރިކާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ގުޅުން ކަނޑާލައިފި އެވެ.

ހުކުރު ދުވަހު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެ ޤައުމުން ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލިކަން އިއުލާނު ކުރައްވާފަ އެވެ.

ޓްރަމްޕް ވިދާޅުވީ، ޑަބްލިއުއެޗްއޯ އާ ގުޅުން ކަނޑާލައި އެމެރިކާއިން އެ ޖަމިއްޔާއަށް ދެމުން އައި ފަންޑު ވެސް އެހެނިހެން ސިއްޙީ ޗެރިޓީތަކަށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އޭގެ އިތުރުން، މި ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާ ގުޅިގެން ޤައުމުތަކަށް އޮޅުވާލާފައިވާކަން ތުހުމަތު ކުރައްވައި ޓްރަމްޕް ވިދާޅުވީ، ޤައުމުތަކަށް އޮޅުވާލުމަށް ޗައިނާއިން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއަށް ޕްރެޝަރ ކޮށްފައިވާ ކަމަށެވެ. އަދި އެތައް ބައެއްގެ ފުރާނަ ގޮސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިޤްތިސާދީ ގޮތުން ޤައުމުތައް އިނދަ ޖެހުނީވެސް އެކަމުގެ ސަބަބުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޓްރަމްޕް ވަނީ މީގެ ކުރިންވެސް ޑަބްލިއުއެޗްއޯ އާ ގުޅުން ކަނޑާލައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އެގޮތުން މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހު ޑަބްލިއުއެޗްއޯ ގެ ޗީފް ޓެޑްރޯސް އަދަނޯމް ގެބްރިއާސިސް އަށް ފޮނުއްވި ސިޓީފުޅެއްގައި ޓްރަމްޕް ވިދާޅުވީ، ޗައިނާއިން އެ ޖަމިއްޔާ ކޮންޓްރޯލް ކުރަމުންދާ ކަމަށާއި، އެމެރިކާއިން އެ ޖަމިއްޔާއާއެކު ކުރިއަށްދާނެ އަދި ފަންޑު ކުރާނެ ހަމައެކަނި ގޮތަކީ ޗައިނާގެ ނުފޫޒުން މިނިވަންވުން ކަމަށެވެ.

ޓްރަމްޕް އެހެން ވިދާޅުވެފައިވާއިރު، އެމެރިކާއަކީ ޖެނީވާގައި ޤާއިމު ކުރެވިފައިވާ މި ޖަމިއްޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ޤައުމެވެ. އެގޮތުން 2019 ވަނަ އަހަރުވެސް އެމެރިކާއިން ވަނީ ޑަބްލިއުއެޗްއޯ އަށް 400 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާ ކުރައްވާފަ އެވެ.

ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ޓްރަމްޕްގެ މި ވާހަކަފުޅުތައް ދޮގުކުރެ އެވެ. އެގޮތުން އެންމެ ފުރަތަމަ މި ވައިރަސް ފެނުނީ ޗައިނާއިން ކަމަށްވެފައި، ވައިރަސްގެ ފުރިހަމަ މަޢުލޫމާތުތައް ދެނެގަނެ، މި ވައިރަސްގެ އައުޓްބްރޭކާ ގުޅޭގޮތުން އިތުރަށް ދިރާސާ ކުރުމަށް ޗައިނާއާއި ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަން ޖެހޭކަން އެ ޖަމިއްޔާއިން ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
13%
33%
8%
33%
4%
8%
ކޮމެންޓް
30 މެއި 2020 | ހޮނިހިރު 18:13
ަަޢަލީ
އެއްވެސް މީ ހަކި ހަހގީގަތް ބަލަފިން ހެއްޔެވެ. ކޮރޯނާ އަކީ މާކުރިން ކުޅެ ނިމިފައިވާ އެމެރިކާގެ ޑްރާމާއެކެވެ. ހޯދާ ބަޔަކަށް އެނގޭނެއެވެ
30 މެއި 2020 | ހޮނިހިރު 14:13
ހަހަހހހހސަން
ޗައިނާ އަށް ތަ 400 މިލިއަން ޑޮލަރުދިނީ ނޫނީ ޑަބްލިޔު.އެޗް.އޯ އަށްތަ؟ ސުރުޚީ ތިރީގައި އިން ގޮތާ ލިޔުމުގަ އިންގޮތުގަ ތަފާތު އެބައުޅޭ.
30 މެއި 2020 | ހޮނިހިރު 10:58
ޓުރަމޕެޓު
ތިޔަ ޓްރަމްޕުގެ ސްޓައިލާ ވަރަށް އެއްގޮތަށް އުޅޭ މީހަކު އެބައެުޅޭ. ގައުމުގެ ބޮޑުވަޒީރުކަމަށް ހެދިގެން
ގުޅުންހުރި