ކ. މާލެ
|
29 މެއި 2020 | ހުކުރު 23:01
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ
މިދިޔަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި މެންޗެސްޓާ ސިޓީ
ގެޓީ އިމޭޖަސް
އެފްއޭ ކަޕް އަލުން ފެށުން
އެފްއޭ ކަޕްގެ ފައިނަލް މެޗު އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފި
 
ސެމީ ފައިނަލް މެޗުތައް ޖުލައި މަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު
 
ކުއާޓާ ފައިނަލް މެޗުތައް ޖޫން މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލް މެޗު އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އެފްއޭ ކަޕްގެ ކުޅުން މެދުކަނޑާލީ ކުއާޓާ ފައިނަލް މެޗުތަކާ ހިސާބުންނެވެ.

އިނގިރޭސި އެފްއޭ އިން ބުނީ ކުއާޓާ ފައިނަލް މެޗުތައް ޖޫން މަހުގެ 27 ވަނަ ދުވަހާއި 28 ވަނަ ދުވަހު ކުޅުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ. އަދި ސެމީ ފައިނަލް މެޗުތައް ޖުލައި މަހުގެ 18 ވަނަ ދުވަހާއި 19 ވަނަ ދުވަހު ކުޅެން ތާވަލުކުރިއިރު، ފައިނަލް މެޗު އޮގަސްޓް މަހުގެ އެއްވަނަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ބުނެފައެވެ.

އެފްއޭ ކަޕްގެ މެޗުތައް އަލުން ބާއްވާނެ ދުވަސްތައް ކަނޑައެޅިއިރު، ބުރާސްފަތި ދުވަހު ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު އަލުން ފެށުމަށް ނިންމާފައެވެ.

އެފްއޭގެ ސީއީއޯ މާކް ބުލިންހަމް ވިދާޅުވީ އެފްއޭ ކަޕްގެ މެޗުތައް އަލުން ތާވަލުކުރުމަށް ޕްރިމިއާ ލީގާއި ކްލަބުތަކުން ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މެޗުތައް ކުރިއަށްގެންދާނީ ސަލާމަތީ ކަންކަން ފުރިހަމަވުމުން ކަމަށްވެސް ބުންޏެވެ.

މި ސީޒަންގެ އެފްއޭ ކަޕްގައި ކުއާޓާ ފައިނަލް މެޗުތަކާ ހިސާބަށް ގޮސްފައިވާއިރު، ކުއަޓާ ފައިނަލްގެ ގުރުލުން ބާއްވާފައިވަނީ މާޗު މަހުގެ ނުވަވަނަ ދުވަހު އެވެ.

ކުއާޓާ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބައްދަލުކުރަން ޖެހޭނީ ނިއުކާސަލް ޔުނައިޓެޑާ އެވެ. ލެސްޓާ ސިޓީ އާއި ޗެލްސީ ބައްދަލުކުރާއިރު، ޝެފީލްޑް ޔުނައިޓެޑް ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރާނީ ނޯވިޗް ސިޓީ އާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް